އެންޓި ކޮަރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެއްވެސް މަސައްކަތަކަށް ސަރުކާރުން އެއްވެސް ކަހަލަ ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި އިއްޔެ އޭސީސީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮމިޝަނުގެ މަސައްކަތަށް ސަރުކާރުން އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކު ނުފޫޒު ފޯރުވަން ބޭނުންވެވަޑައި ނުގަންނަވާނެ ކަމަށެވެ.
ކޮރަޕްޝަންގެ ކަންކަމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް ކޮރަޕްޝަން ހުއްޓުވުމުގެ މަސައްކަތްތައް އޭސީސީން އިތުރު ކޮށްދިނުމަށް ވެސ ްއެ ކޮމިޝަންގެ މެންބަރުންގެ ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދޭ އެއް ދާއިރާއަކީ ކޮރަޕްޝަން ހުއްޓުވުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް