މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި ޕްރިންސިޕަލް ސަސްޕެންޑުކޮށްފި

ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމް ސަސްޕެންޑު ކޮށްފި އެވެ. ސަސްޕެންޑު ކުރީ ލޯންޝަކުން އޭނާ ރަށަށް ގެންދިޔަ ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނިގެން ފުލުހުން އޭނާ ހައްޔަރު ކުރުމާއި ގުޅި...

21 Jan 2020 | 05:28

ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމް ސަސްޕެންޑު ކޮށްފި އެވެ.

ސަސްޕެންޑު ކުރީ ލޯންޝަކުން އޭނާ ރަށަށް ގެންދިޔަ ކޮތަޅެއްގެ ތެރެއިން މަސްތުވާތަކެތި ފެނިގެން ފުލުހުން އޭނާ ހައްޔަރު ކުރުމާއި ގުޅިގެންނެވެ. އޭނާ ގެންގުޅުނު ކޮތަޅުން ފަސް ގްރާމްގެ މަސްތުވާތަކެތި ފެނިފައިވެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ މީޑިއާގައި ވިދާޅުވީ ޔޫސުފް ސަސްޕެންޑު ކޮށްފައިވަނީ މިއަދުން ފެށިގެން ކަމަށެވެ. ވަކި މުއްދަތެއް ވިދާޅެއްނުވެ އެވެ.

އޭނާ ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ނ. ލަންދޫ ކޯޓަށް ހާޒިރު ކުރުމުން ހަތް ދުވަހުގެ މުއްދަތެއް ޖަހައިދިނެވެ. އެ މުއްދަތު އިއްޔެ ހަމަވެގެން ނ. ހެނބަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އޭނާ ވަނީ ދޫކޮށްލާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް