އިފޮޕްކާ ބައްދަލުވުމަށް 500 އަށްވުރެ ގިނަ ވިޔަފާރިވެރިން

އަހަރު ރާއްޖޭގައި ބާއްވާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ބޮޑު ބައްދަލުވުމުގައި ބޭރުގެ 500 އަށްވުރެ ގިނަ ވިޔަފާރިވެރިން  ބައި...

21 Jan 2020 | 04:49

އަހަރު ރާއްޖޭގައި ބާއްވާ، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ބޮޑު ބައްދަލުވުމުގައި ބޭރުގެ 500 އަށްވުރެ ގިނަ ވިޔަފާރިވެރިން  ބައިވެރިވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އޭޝިއާ އާއި ފެސިފިކް ގައުމުގެތަކުގެ ކޮންޓްރެކްޓަރުންގެ އެންމެ ބޮޑު ބައްދަލުވުން އިފޮޕްކާ ބައްދަލުވުން  އޮންނާނީ މިއަހަރުގެ ޖޫން 28 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ބާއްވާ ބައްދަލުވުމުގައި އެ ޖަމިއްޔާގެ 20 މެންބަރު ގައުމަކުން 512 ވިޔަފާރިވެރިން މިހާތަނަށް ބައިވެރިވެފައިވެ އެވެ. މި ބައްދަލުވުން އޮންނާނީ ދަރުބާރުގެ އާއި އެނބޫދޫ ފަޅުގެ ކްރޮސްރޯޑް މޯލްޑިވްސްގަ އެވެ.

މި ކޮންވެންޝަން ރާއްޖޭގައި ބާއްވަން ފުރުސަތު ލިބުނީ އެ ޖަމިއްޔާގެ ރައީސްގެ މަގާމަށް ރާއްޖޭގެ ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ) އެ ޖަމިއްޔާގެ 45 ވަނަ ރައީސުގެ ގޮތުގައި އިންތިހާބު ކުރުމާ ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް