ވެލިދޫ ކުނިކޮށީގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ވެލިދޫ ކުނި ކޮށީގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 2:15 ހާއިރު ކަމަށެވެ.
އަލިފާންގަނޑު ނިއްވާލުމަށް ފުލުހުންނާއި ރަށު ރައްޔިތުން ކުރި ބުރަ މަސައްކަތުން އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުން އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް