އިއްޔެ ހުޅުމާލޭގައި މީހެއްގެ މޫނަށް މޫވް ސްޕްރޭ ޖެހުމަށްފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިގަތް މައްސަލައިގާ މީހަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ އިއްޔެ ހުޅުމާލޭގައި ހިނގި ފޭރުމުގެ މައްސަލައާއި ގުޅިގެން 35 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.
"މި މީހާގެ ބަންދުގެ މުއްދަތަށް 15 ދުވަސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ ދެއްވާފައި" ފުލުހުން ވިދާޅުވިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން އިއްޔެ ވިދާޅުވީ އެ ފައިސާއަކީ ފިއުލް ސަޕްލައި މޯލްޑިވްސްގެ ފައިސާ ކަމަށާއި ފޭރުނީ އެ ފައިސާ މޯލްޑިވްސް އިސްލާމިކް ބޭންކަށް ޖަމާކުރުމަށް ދިޔަ މަގުމަތީގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް