މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހް ހަމަޖައްސައިފިއެވެ. މި ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ފެބްރުއަރީ ހަތްވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވާ ދުވަސްކަމަށް ވާތީއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ މިއަންނަ މަހުގެ 7 ވަނަ ދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ އޮންނަ ދުވަސް ކަމަށް ވުމާއެކު އެދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ސޯލިހް ކަނޑައަޅުއްވާފައިވާކަމަށެވެ.
މީގެ ކުރިންވެސް ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ. އަދި 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރކުވެސް މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަނީ ދަރުބާރުގޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް