މިއުޒިކީ ފަންނާނުންގެ ފޯރަމެއް މިރޭ ބާއްވަނީ

ރާއްޖޭގެ މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް ހާއްސަކޮށް ފޯރަމެއް ބާއްވަން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ ދަށުން މަސައްކަތް ކުރަމުން އަންނަ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް...

21 Jan 2019 | 07:58

ރާއްޖޭގެ މިއުޒިކީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް ހާއްސަކޮށް ފޯރަމެއް ބާއްވަން، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ ދަށުން މަސައްކަތް ކުރަމުން އަންނަ ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން ނިންމައިފި އެވެ.

އެންސީއޭއިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރުގައި ކަމަށާއި، ފޯރަމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިރޭ 8:45 ގައި ސޯޝަލް ސެންޓަރަށް ދިއުމުން ބައިވެރިވެވޭނެ ކަމަށެވެ.

ސަގާފީ އަދި ޒަމާނީ މިއުޒިކާއި ނެށުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަށް ހާއްސަކޮށް ބާއްވާ މި ފޯރަމްގެ މަގުސަދަކީ، އެ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއަރުވަން ބޭނުންވާ ހިޔާލު ހޯދުމެވެ.

މިއުޒިކްގެ އިތުރުން ވިޝުއަލް އާޓްސްގެ ދާއިރާގެ ފަންނުވެރިންނަށް ހާއްސަކޮށްގެން ބާއްވާ ފޯރަމެއް ކުރިއަށް އޮތް ހަފުތާގަ އާއި އަންނަ ފެބްރުއަރީ މަހު ބާއްވަންހަމަޖެހިފައިވާ ކަމަށް ވެސް އެންސީއޭ އިން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް