އެއްބަސްވުމާ އެއްގޮަތަށް ކުރިއަށްދާނަމަ ރައީސަށް އެއްބާރުލުން ދޭނަން: ގާސިމް އިބްރާހިމް

ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވ...

21 Jan 2019 | 07:47

ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކުރިއަށްދާ ނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާއަށް ޖުމްހޫރީ ޕާޓީގެ ފަރާތުން، އަހުދާއި ވައުދު ފުއްދުމަށްޓަކައި ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ގާނޫނު އަސާސީއާއި އިސްލާމްދީނުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން ލިބިގެންދާނެ ކަމުގެ ޔަގީންކަން ދޭކަމަށާއި، އެކަން އެގޮތަށް ކުރިއަށް ދާނީ ގާނޫނު އަސާސީއާއި ގާނޫނުގެ އިމުގެ ތެރެއިން ކުރެވިފައިވާ އަހުދާއި ވައުދުތަކުގެ ތެރެއިން ދާ ކަމަށްވާނަމަ ކަމަށެވެ.

ރައީސް ސޯލިހަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބި ނަމަ ވެސް އެކަން ކުރުމުގައި މައިނޯރިޓީ އަކަށްވެ، ބޭރަށް އުކާލެވިގެންދާ މަންޒަރު ދެކެން ބޭނުން ނުވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް