ފުވައްމުލަކު ދެކުނު ދާއިރާގެ ޕްރައިމަރީ ވޯޓުގެ މައްސަލަ އިތުރަށް ނުބެލުމަށް ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް 18 ޖަނަވަރީ ވީ ހުކުރުދުވަހު ބޭއްވި ޕްރައިމަރީގެ ފަހުން، ފުވައްމުލަކު ދެކުނު ދާއިރާގެ ކެންޑިޑޭޓަކު ހުށަހަޅާ...

21 Jan 2019 | 06:03

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާނެ ކެންޑިޑޭޓުން ހޮވުމަށް 18 ޖަނަވަރީ ވީ ހުކުރުދުވަހު ބޭއްވި ޕްރައިމަރީގެ ފަހުން، ފުވައްމުލަކު ދެކުނު ދާއިރާގެ ކެންޑިޑޭޓަކު ހުށަހަޅާފައިވާ ޝަކުވާ އިތުރަށް ނުބެލުމަށް ޕްރައިމަރީގެ ޝަކުވާ ކޮމިޓީން މިއަދު  ނިންމައިފިއެވެ.

އެމްޑީޕީން ބުނެފައިވާގޮތުގައި މިގޮތަށް ޕްރައިމަރީގެ ޝަކުވާ ކޮމިޓީއިން ނިންމާފައިވަނީ، ފުވައްމުލަކު ދެކުނު ދާއިރާގެ އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓާއި ޝަކުވާވެރިޔާއާ ދެމެދުގައިވާ ފަރަޤަކީ 24 ވޯޓު ކަމަށް ވެފައި، ރީރެޖިސްޓްރޭޝަންގެ މައްސަލައިގައި ޝަކުވާ ވެރިޔާ ހުށަހަޅުއްވާފައިވާ މައްސަލަތަކަށް ބަލާއިރު، ޝަކުވާވެރިޔާ 9 ޖަނަވަރީ 2019 ގައި ޕާޓީގެ ސަމާލުކަމަށް ގެނެސްފައިވަނީ 18 ނަމުގެ ރީރެޖިސްޓްރޭޝަން މައްސަލަކަމުގައި ވެފައި، މި 18 މައްސަލަވެސް ޝަކުވާވެރިޔާ އެދުނުގޮތަށް ޕާޓީން ޙައްލުކޮށްދީފައިވާތީ، އިތުރު 37 މީހެއްގެ ރީރެޖިސްޓްރޭޝަން މައްސަލަ އެބަހުރިކަމަށް ކުރާ އިލްޒާމް ބަލައި ގަނެވެން ނެތުމުންނެވެ.

މި މައްސަލައިގެ އިތުރުން އެހެން ބައެއް ދާއިރާ ތަކުންވެސް އިންތިހާބު ކުރިއަށް ދިޔަ ގޮތާއިމެދު ވަނީ ޝަކުވާ ހުށަހަޅުއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް