ހަދަމުންދިޔަ ރިސޯޓެއްގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީއެއް ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު 09:30 ހާއިރު ގއ. އަތޮޅު އަތޮޅުގައި ހަދަމުންދާ ރިސޯޓެއްގައި މަސައްކަތްކުރަމުންދިޔަ 39 އަހަރުގެ އިންޑިއާ ފިރިހެނަކު މަރުވެފައިވާ ކަމަށް އެ އަތޮޅު ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ.
"ހާޓް އެޓޭކެއް ކަމަށް ޑޮކްޓަރު މައުލޫމާތު ދޭ، އަދި ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައިވާކަމަށް މައުލޫމާތުދޭ" ފުލުހުން ބުނެފައިވެއެވެ.
މި ކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް