އަތޮޅު މުބާރާތުގެ ޖޯޒީ ސްޕޯޓްސް ޕްލަސް އިން ގަތުމުން 5000+ރ ޑިސްކައުންޓް !

އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެފްއޭއެމް އަތޮޅު ފުޓްބޯޅަ މުބާރާތާއި ދިމާކޮށް، ސްޕޯޓްސް ޕްލަސް އިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ. އެގޮތުން މި ޕްރޮމޯޝަންގައ...

21 Jan 2018 | 05:49

އަންނަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އެފްއޭއެމް އަތޮޅު ފުޓްބޯޅަ މުބާރާތާއި ދިމާކޮށް، ސްޕޯޓްސް ޕްލަސް އިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެގޮތުން މި ޕްރޮމޯޝަންގައި ޖުމްލަ ހަ ޕެކޭޖެއް ހިމެނޭއިރު ކޮންމެ ޕެކޭޖެއްގައިވެސް ޑިސްކައުންޓްގެ ގޮތުގައި އަގުން ބޮޑު ޕަސެންޓެއް ވަނީ ކުޑަ ކޮށްފައި އެވެ. އެގޮތުން ޕެކޭޖްތަކަށް ބަލާލާއިރު ބޭސިކް ވޮރެކްސް ޕެކޭޖްގައި 23 ޖޯޒީ އާއި 23 ސޯޓު އަދި 23 އިސްޓާކީން ހިމެނޭއިރު އޮފިޝަލް ހަ ޖޯޒީ އާއެކު ނަން، ނަމްބަރު އަދި ލޯގޯ ޕްރިންޓާއެކު ޝޯޓު ނަމްބަރު ޖެހުމާއި ކެޕްޓަން ބޭންޑާއި ހަތަރު ފުޓްބޯޅަ ހިމެނެ އެވެ.

މި ޕެކޭޖުގައި ނަން އަދި ނަމްބަރު ޕްރިންޓް ކުރުން ހިލޭ ލިބޭއިރު ކެޕްޓަން ބޭންޑެއްވެސް ހިލޭ ލިބެ އެވެ. ޑިސްކައުންޓާއި ނުލާ މި ޕެކޭޖްގެ އަގަކީ 17415 ރުފިޔާ ކަމުގައިވާއިރު މި ޕްރޮމޯޝަންގެ ދަށުން މި ޕެކޭޖްގެ އަގަކީ ހަމަ އެންމެ 11980 އެވެ. މިއީ 5435 ރުފިޔާގެ އަގު ހެޔޮ ވުމެކެވެ.

ދެވަނަ ޕެކޭޖް ކަމުގައިވާ "ޕްލަސް ވޮރިކްސް" ޕެކޭޖްގައި 23 ޖޯޒީ އާއި 23 ސޯޓު އަދި 23 އިސްޓކީން ހިމެނޭއިރު ނަން، ނަމްބަރު، ލޯގޯ އަދި ޝޯޓް ނަމްބަރު ޕްރިންޓިންގ ހިމެނެ އެވެ. މީގެ އިތުރުން އެއް ކެޕްޓަން ބޭންޑާއި ހަތަރު ފުޓްބޯޅަ އާއި ގޯލް ކީޕަރުގެ އެއް އަންގީ އާއި 12 މާކަރު އަދި އަށް ކޯންސް ހިމެނެ އެވެ.

މި ޕެކޭޖުގައި ނަން އަދި ނަމްބަރު ޕްރިންޓް ކުރުން ހިލޭ ލިބޭއިރު ކެޕްޓަން ބޭންޑެއްވެސް ހިލޭ ލިބެ އެވެ. ޑިސްކައުންޓާއި ނުލާ މި ޕެކޭޖްގެ އަގަކީ 18665 ރުފިޔާ ކަމުގައިވާއިރު މި ޕްރޮމޯޝަންގެ ދަށުން މި ޕެކޭޖްގެ އަގަކީ ހަމަ އެންމެ 12870 އެވެ. މިއީ 5795 ރުފިޔާގެ އަގު ހެޔޮ ވުމެކެވެ.

ތިންވަނަ ޕެކޭޖް ކަމުގައިވާ "ޕްރައިމް ވޮރިކްސް" ގައި ސޯޓާއެކު 23 ޖޯޒީ އަދި 23 އިސްޓކީން ހިމެނޭއިރު ނަން، ނަމްބަރު، ލޯގޯ އަދި ޝޯޓް ނަމްބަރު ޕްރިންޓިންގ ހިމެނެ އެވެ. މީގެ އިތުރުން އެއް ކެޕްޓަން ބޭންޑާއި ހަތަރު ފުޓްބޯޅަ އާއި ގޯލް ކީޕަރުގެ އެއް އަންގީ އާއި 12 މާކަރު އަދި އަށް ކޯންސް ހިމެނެ އެވެ. މީގެ އިތުރުން 50 ލީޓަރުގެ ކޫލްބޮކްސް އަކާއި ފުޓްބޯލް ބޯލް ޓެކްޓިކްސް ބޯޑަކާއި ފޮކްސް 40 ވިޒަލް(ކަށިގަނޑު)އެއް ހިމެނެ އެވެ.

މި ޕެކޭޖުގައި ނަން އަދި ނަމްބަރު ޕްރިންޓް ކުރުން ހިލޭ ލިބޭއިރު ކެޕްޓަން ބޭންޑްގެ އިތުރުން ފޮކްސް 40 ވިޒަލް ހިލޭ ލިބެ އެވެ. ޑިސްކައުންޓާއި ނުލާ މި ޕެކޭޖްގެ އަގަކީ 23805 ރުފިޔާ ކަމުގައިވާއިރު މި ޕްރޮމޯޝަންގެ ދަށުން މި ޕެކޭޖްގެ އަގަކީ ހަމަ އެންމެ 16720 އެވެ. މިއީ 7085 ރުފިޔާގެ އަގު ހެޔޮ ވުމެކެވެ.

ހަތަރުވަނަ ޕެކޭޖް ކަމުގައިވާ "ބޭސިކް އަދާސް" އަށް ބަލާލާއިރު މި ޕެކޭޖްގައި ސޯޓާއެކު 23 ޖޯޒީ އާއި 23 އިސްޓާކީން ހިމެނޭއިރު އޮފިޝަލް ހަ ޖޯޒީއާއެކު ނަން، ނަމްބަރު، ލޯގޯ އަދި ޝޯޓް ނަމްބަރު ޕްރިންޓިންގ އާއެކު ކެޕްޓަން ބޭންޑަކާއި ހަތަރު ފުޓްބޯޅަ ހިމެނެ އެވެ.

މި ޕެކޭޖުގައި ނަން އަދި ނަމްބަރު ޕްރިންޓް ކުރުމުގެ އިތުރުން ކެޕްޓަން ބޭންޑް ހިލޭ ލިބޭއިރު، ޑިސްކައުންޓާއި ނުލާ މި ޕެކޭޖްގެ އަގަކީ 15115 ރުފިޔާ ކަމުގައިވާއިރު މި ޕްރޮމޯޝަންގެ ދަށުން މި ޕެކޭޖްގެ އަގަކީ ހަމަ އެންމެ 9795 އެވެ. މިއީ 5320 ރުފިޔާގެ އަގު ހެޔޮ ވުމެކެވެ.

ފަސްވަނަ ޕެކޭޖް ކަމުގައިވާ "ޕްލަސް އަދާސް"ގައި ސޯޓާއެކު 23 ޖޯޒީ އަދި 23 އިސްޓކީން ހިމެނޭއިރު ނަން، ނަމްބަރު، ލޯގޯ އަދި ޝޯޓް ނަމްބަރު ޕްރިންޓިންގ ހިމެނެ އެވެ. މީގެ އިތުރުން އެއް ކެޕްޓަން ބޭންޑަކާއި ހަތަރު ފުޓްބޯޅަ އާއި ގޯލް ކީޕަރުގެ އެއް އަންގީ އާއި 12 މާކަރު އަދި އަށް ކޯންސް ހިމެނެ އެވެ.

މި ޕެކޭޖުގައި ނަން އަދި ނަމްބަރު ޕްރިންޓް ކުރުމުގެ އިތުރުން ކެޕްޓަން ބޭންޑް ހިލޭ ލިބޭއިރު، ޑިސްކައުންޓާއި ނުލާ މި ޕެކޭޖްގެ އަގަކީ 16365 ރުފިޔާ ކަމުގައިވާއިރު މި ޕްރޮމޯޝަންގެ ދަށުން މި ޕެކޭޖްގެ އަގަކީ ހަމަ އެންމެ 10685 އެވެ. މިއީ 5680 ރުފިޔާގެ އަގު ހެޔޮ ވުމެކެވެ.

މި ޕްރޮމޯޝަންގެ ހަ ވަނަ ޕެކޭޖް ކަމުގައިޥާ  "ޕްރައިމް ބޭސިކް" ގައި ސޯޓާއެކު 23 ޖޯޒީ އަދި 23 އިސްޓކީން ހިމެނޭއިރު ނަން، ނަމްބަރު، ލޯގޯ އަދި ޝޯޓް ނަމްބަރު ޕްރިންޓިންގ ހިމެނެ އެވެ. މީގެ އިތުރުން އެއް ކެޕްޓަން ބޭންޑާއި ހަތަރު ފުޓްބޯޅަ އާއި ގޯލް ކީޕަރުގެ އެއް އަންގީ އާއި 12 މާކަރު އަދި އަށް ކޯންސް ހިމެނެ އެވެ. މީގެ އިތުރުން 50 ލީޓަރުގެ ކޫލްބޮކްސް އަކާއި ފުޓްބޯލް ބޯލް ޓެކްޓިކްސް ބޯޑަކާއި ފޮކްސް 40 ވިޒަލް (ކަށިގަނޑު) އެއް ހިމެނެ އެވެ.

މި ޕެކޭޖުގައި ނަން އަދި ނަމްބަރު ޕްރިންޓް ކުރުން ހިލޭ ލިބޭއިރު ކެޕްޓަން ބޭންޑްގެ އިތުރުން ފޮކްސް 40 ވިޒަލް ހިލޭ ލިބެ އެވެ. ޑިސްކައުންޓާއި ނުލާ މި ޕެކޭޖްގެ އަގަކީ 21505 ރުފިޔާ ކަމުގައިވާއިރު މި ޕްރޮމޯޝަންގެ ދަށުން މި ޕެކޭޖްގެ އަގަކީ ހަމަ އެންމެ 14535 އެވެ. މިއީ 6970 ރުފިޔާގެ އަގު ހެޔޮ ވުމެކެވެ.

މި ޕްރޮމޯޝަންގެ ތިން ޕެކޭޖެއް ހާއްސަ ކޮށްފައިވަނީ ތައިލެންޑްގެ "ނަމްވަރ ވަން" އަދި އެގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އޮފިޝަލް ޖޯޒީ ބްރޭންޑް ވޮރިކްސް އަށެވެ.

މި ހާއްސަ ޕްރޮމޯޝަން ސްޕޯޓްސް ޕްލަސް އިން ކުރިއަށް ގެންދާއިރު ސްޕޯޓްސް ޕްލަސް އަކީ ކުޅިވަރަށް ބޭނުންވާ ހުރިހާ ސާމާނެއް ހެޔޮ އަގެއްގައި އެއްތަނަކުން ގަންނަން ލިބޭ ފިހާރަ އެކެވެ. މި ފިހާރަ ހުންނަނީ ރެހެންދި ހިނގުމުން ޓީވީއެމް ކައިރީގަ އެވެ. މި ފިހާރައަށް 7783755 އިން ގުޅޭނޭ ކަމަށް މި ފިހާރައިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް