ކިމް ކަޑާޝިއަންގެ ތިންވަނަ ދަރިއަށް ދިން ނަމަކީ "ޗިކާގޯ"

ކިމް ކަޑާޝިއަން އަދި ކެންޔޭ ވެސްޓްގެ ކައިވެންޏަށް ލިބުނު ތިންވަނަ ދަރިއަށް ނަން ދީފި އެވެ. ދީފައިވާ ނަމަކީ "ޗިކާގޯ" އެވެ. މިއީ މި ދެމަފިރިން ސަރޮގޭޓް ކޮށްގެން ހޯދި ދަރިއެކެވެ. މި ދަރި ހޯދިކަން މި ދެ ތ...

21 Jan 2018 | 01:57

ކިމް ކަޑާޝިއަން އަދި ކެންޔޭ ވެސްޓްގެ ކައިވެންޏަށް ލިބުނު ތިންވަނަ ދަރިއަށް ނަން ދީފި އެވެ. ދީފައިވާ ނަމަކީ "ޗިކާގޯ" އެވެ.

މިއީ މި ދެމަފިރިން ސަރޮގޭޓް ކޮށްގެން ހޯދި ދަރިއެކެވެ. މި ދަރި ހޯދިކަން މި ދެ ތަރިން އިއުލާނު ކުރީ މިދިޔަ ހުކުރު ދުވަހުގައި އެވެ.

ކިމް ކަޑާޝިއަން އަދި ކެންޔޭ ވެސްޓްގެ މި ދަރިއަށް ޗިކާގޯ ކިޔުމުން ގިނަ ބަޔަކު އަންނަނީ މިކަމަށް ފާޑުކިޔާ ޖޯކު ޖަހަމުންނެވެ.

ކިމް ކަޑާޝިއަން އަކީ އެންމެ ގިނަ އާމްދަނީ ލިބޭ "އެންޓަޓެއިނަރުން"ގެ ލިސްޓުގައި 40 ވަނައިގާ އުޅޭ މީހާ އެވެ. އޭނާއގެ މިލްކިއްޔާތުގައި 45 މިލިޔަން ޑޮލަރު ހުރި ކަމަށް ފޯބްސް އިން ރިޕޯޓް ކޮށްފައި ވެ އެވެ. އޭނާގެ ފިރި ކެންޔޭ ވެސްޓަކީ ރެޕް ލަވަ ކިޔުމުގައި މަޝްހޫރު ތަރިއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް