ދެކުނު އެފްރިކާގައި، މަރުވެފައި އޮތް އަންހެނަކު، އޭނާ މަރުވިތާ 10 ދުވަސް ފަހުން ވިހައިފި އެވެ.
ދެކުނު އެފްރިކާގެ މްތަޔާސީ ވިލެޖުގައި ހިނގި މި ހާދިސާއާއި ބެހޭގޮތުން، އެ ސަންދޯއް ބެލެހެއްޓުމުގެ ކަންކަމުގައި އުޅުނު ސްޓާފަކުބުނީ ނޮމްވެލީސޯ ނޮމަސޮންޓޯ މްޑޯޔީ ނަމަކަށް ކިޔާ އެ އަންހެންމީހާގެ ސަންދޯއް، އެމީހުން ބެލީ ވަޅުލަން އޮތް ދުވަހުގެ ވިލޭރޭ ކަމަށާއި ފެނުނު މަންޒަރުން ހައިރާންކަން ލިބުނު ކަމަށެވެ.
"މޯޗަރީން، ސަންދޯކުގެ ޓްރޭ ނެގި ވަގުތު ފެނުނީ އެ އަންހެންމީހާ ފުފިފައި އޮއްވާ، އަދި ދެފައި ދޭތެރެއަށް ވާގޮތަށް، މަރުވެފައި އޮތް ކުޑަ ކުއްޖަކު އޮތް" މޯޗަރީގެ ސްޓާފް ބުނެފައި ވެ އެވެ.
އެ އަންހެންމީހާގެ މަންމަ ބުނެފައިވަނީ އެ އަންހެންމީހާ މަރުވީ ނޭވާ ހާސްވެގެން ކުއްލި ގޮތަކަށް ކަމަށާއި މަރުވި އިރު ބަނޑުބޮޑުކަން ކަށަވަރު ނުވާ ކަމަށެވެ.
މި ހާދިސާއާއި މެދު ޑޮކްޓަރުން ބުނަނީ އެއީ ވެދާނެ ކަމެއް ކަމަށާއި ދެ ހާލަތެއްގައި އެކަން އެގޮތަށް ހިނގާފާނެ ކަމަށެވެ. އެއް ހާލަތަކީ މީހާ މަރުވުމުން ބެކްޓީރިއާގެ ސަބަބުން ދުލި ފަޅައިގެން ގޮސް ކުއްޖާ ބޭރުވުން ކަމަށާއި ދެވަނަ ހާލަތަކީ މީހާ މަރުވުމުން މަސްތަކަށް ލުއި ލިބި ދުލި ފަޅައިގެން ގޮސް ކުއްޖާ ބޭރުވުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް