ހަމަ ކޮންމެ ދުވަހަކުހެން ނާސްތާގައި ރޯމަސް ކެއުމުގެ އާދަހުރި، އެމެރިކާ މީހެއްގެ ބަނޑުން، ދިގުމިނުގައި ފަސް ފޫޓު ހުރި ފަންޏެއް ނަގައިފި އެވެ.
އުމުރުން 30 އަހަރުގެ އެމީހާއަށް އެހީތެރިކަން ފޯރުކޮށްދިން، ފިޒިޝަން ބުނެފައިވާގޮތުގައި ކެލިފޯނިއާގެ ފްރެސްނޯއަށް ނިސްބަތްވާ އެ މީހާގެ ބަނޑުގައި، ދިގުމިނުގައި ފަސް ފޫޓު ހުރި އެ ފަނި އުޅޭކަން އެނގުނީ އޭނާގެ ފޫކޮޅުން އެ ފަނީގެ އެއްކޮޅު ނިކުތުމުން ކަމަށެވެ. އަދި ދަމާދަމާވެސް އެ ފަނީގެ އަނެއްކޮޅު ނުފެނުނު ކަމަށާއި އެހެންކަމުން އެ "ޕޭޝަންޓް" ވަރަށް ކަންބޮޑުވި ކަމަށް އެ ފިޒީޝަން ބުނެފައި ވެ އެވެ.
އޭނާގެ ބަނޑުން ނަގާފައިވަނީ "ޓޭޕް ވޯމް" ފަންޏެކެވެ. މިފަދަ ފަންޏަކީ ރޯ މަހުގައި އާލާވާ ފަންޏެކެވެ. ރޯމަސް ކާއިރު މި ފަނި ބައެއް ފަހަރު އިންސާނާގެ ބަނޑުގެ ތެރެއަށް ދެ އެވެ. އަދި ބަނޑުގެ ތެރޭގައި މި ފަނި ބޮޑުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް