އިންޑިއާގެ ވެރިރަށުގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 17 މީހަކު މަރުވެއްޖެ

އިންޑިއާގެ ވެރިރަށް، ނިއުދިއްލީގެ ފެކްޓަރީއެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި 17 މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނި އެ ފެކްޓަރީގައި މަސައްކަތް ކުރާ 17 މީހުންނެވެ. ބަވާނާ އިންޑަސްޓްރިއަ...

21 Jan 2018 | 01:00

އިންޑިއާގެ ވެރިރަށް، ނިއުދިއްލީގެ ފެކްޓަރީއެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި 17 މީހަކު މަރުވެއްޖެ އެވެ. މަރުވެފައިވަނި އެ ފެކްޓަރީގައި މަސައްކަތް ކުރާ 17 މީހުންނެވެ.

ބަވާނާ އިންޑަސްޓްރިއަލް އޭރިއާގައި ހުރި، ޕްލާސްޓިކް އުފައްދާ އެ ފެކްޓަރީގައި އެންމެ ފުރަތަމަ އަލިފާޏް ރޯވީ ބޭސްމެންޓްގައި ކަމަށާއި އެ ބޭސްމެންޓްގައި ހަވާފަޓާސް ރައްކާކޮށްފައިހުރިކަމުގައި ބެލެވޭ ކަމުގައި ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓް ކޮށްފައިވެ އެވެ.

ބޭސްމެންޓްގައި ރޯވި އަލިފާން މަދުވަގުތުކޮޅެއްގެ ތެރޭގައި އިމާރާތުގެ އެހެން ބުރިތަކަށް ފެތުރި، މުވައްޒަފުން އެހެން ބުރިތަކުގައި ތާށިވި ކަމަށާއި އަލިފާން ނިއްވާލެވުނީ ދެ ގަޑިއިރު ފަހުން ކަމުގައިވެސް އިންޑިއާޣެ ނޫސްތަކުގައި ރިޕޯޓް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް