ތުރުކީގައި އިއްޔެ ހިނގި ނުރައްކާތެރި ބަސް އެކްސިޑެންޓެއްގައި 11 މީހަކު މަރުވެ 44 މީހަކު ޒަހަމްވެއްޖެ އެވެ.
މި ބަހަކީ، މި ދުވަސްވަރަކީ ސްނޯ ފައިބާ މޫސުމެއް ކަމުން، ސްކީކުރަން ދިޔަ ބަޔަކު ގޮވައިގެން ދަތުރުކުރަމުންދިޔަ ބަހެކެވެ. މި އެކްސިޑެންޓް ހިނގި އެސްކިސެހިރް ޕްރޮވިންސްގެ ގަވަރުނަރު އޮޒްޑަމީރް ކަކާކަކް ބުނެފައިވަނީ މި ބަސް ދަތުރުކުރަމުންދިޔައީ ތުރުކީގެ ވެރިރަށް އަންކާރާއިން ހުޅަނގުގެ ސިޓީއެއް ކަމުގައިވާ ބުރްސާ އަށް ކަމަށެވެ.
މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރަމުން އަންނައިރު އެގައުމުގެ ގައުމީ މީޑިއާ އަނަޑޮލު އެޖެންސީން، ބުނެފައިވަނީ އެ ބަސް މަގުގެ އެއްފަރާތުން އިމާރާތްތަކުގައި ޖެހި އެކްސިޑެންޓްވީ މަގު މެދުން ކުއްތާއެއް ފެނުނު ކަމަށް ހީކޮށް ބަސް ޑްރައިވަރު މަގުގެ އެއްފަރާތަށް ވެހިކަލް ޖެއްސުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް