އިރާގުގެ އާންމު އިންތިހާބު ބާއްވާނެ ދުވަހެއް ނިންމުމަށް، ނިމިދިޔަ ހަފްތާ ބަންދުގެ ތެރޭގައި އެ ގައުމުގެ ރައްޔިތުންގެ މަޖިލީހުގައި ދެ ޖަސްސާއެއް ބޭއްވި ނަމަވެސް އެއްވެސް ނަތީޖާއެއް ނުލިބި ދެ ޖަލްސާވެސް ނިންމާލަން ޖެހިއްޖެ އެވެ.
ގާނޫނުގައި ވާގޮތުން ނަމަ އަންނަ މެއި މަހުގެ 12 ވަނަ ދުވަހު އިންތިހާބު ބާއްވަން ޖެހެ އެވެ. ބޮޑުވަޒީރު ހައިދަރު އަލް އަބާދީވެސް އެދިލައްވާ ގޮތަކީ އެއީކަން ވަނީ ހާމަކުރައްވާފައި އެވެ. ނަމަވެސް އިދިކޮޅު ކުރުދީންނާއި ސުންނީ މަޖިލިސް މެމްބަރުން ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.
އިދިކޮޅު ކުރުދީންނާއި ސުންނީ މަޖިލިސް މެމްބަރުން ބުނަނީ އިންތިހާބު ބާއްވަން ވާނީ، ދާހިލީ ހަނގުރާމައާއި ގުޅިގެން ގައުމު ދޫކޮށް އަވަށްޓެރި އެކި ގައުމުތަކަށް ހިޖުރަކޮށްފައިވާ މީހުން އެނބުރި ގައުމަށް ރުޖޫއަވާން ފުރުސަތު ދިނުމަށްފަހުގައި ކަމަށެވެ.
އިރާގުގެ އިންތިހާބުގެ މައްސަލައިގާ އެމެރިކާއިންވެސް ބާރު އަޅަނީ ގާނޫނުގައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށެވެ. އެމެރިކާއިން ބުނަނީ ތާރީހަށް އިންތިހާބު ނުބޭއްވިއްޖެނަމަ އެމެރިކާ އާއި އިރާގާއި އޮންނަ ގުޅުމަށްވެސް ބުރޫއަރާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް