ވަލީ ހޯދުމުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާނުކޮށްފި

އަންހެން ދަރިފުޅަށް ވަލީ ހޯދުމުގެ މައްސަލައެއްގައި މީހަކު ހޯދަން ބޭނުން ވެގެން ފުލުހުންގެ ވެބްސައިޓްގައި ފޮޓޯ ޖަހައި އެމީހާ ހޯދަން އިއުލާނުކޮށްފިއެވެ. ފުލުހުން މިއަދު ވިދާޅުވީ، އެ މީހާ ހޯދަމުންދަނީ ރަ...

20 Dec 2021 | 08:43

އަންހެން ދަރިފުޅަށް ވަލީ ހޯދުމުގެ މައްސަލައެއްގައި މީހަކު ހޯދަން ބޭނުން ވެގެން ފުލުހުންގެ ވެބްސައިޓްގައި ފޮޓޯ ޖަހައި އެމީހާ ހޯދަން އިއުލާނުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، އެ މީހާ ހޯދަމުންދަނީ ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ ވަލީ ހޯދުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން ޑިސެމްބަރު 23 ވަނަ ދުވަހުގެ 10:00 އަށް ރަސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމުގައެވެ.

މި އަމުރާ ގުޅިގެން ހޯދަމުންދަނީ، އއ. ތޮއްޑޫ/ ޗާންދަނީމާގެ، ޙަސަން ވަޙީދު 40އ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ޙަސަން ވަޙީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓަޑީގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދިލައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް