ޓީޖެޓީ މި ކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާނީ ހައުސިންގ މިނިސްޓްރީއަށް: އެމްޕީއެލް

ޓީޖެޓީ މައްސަލާގައިި ކުންފުނީގެ ސްޓޭންޑް ވަރަށް ސާފު ކަމަށާއި ޓީޖެޓީ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން މުއްދަތެއް ނެތް ގޮތަށް ކަަމަަށް އެމްޕީއެލް އިން އަނެއްކާ ވެސް ބުނެފި އެވ...

20 Dec 2021 | 07:45

ޓީޖެޓީ މައްސަލާގައިި ކުންފުނީގެ ސްޓޭންޑް ވަރަށް ސާފު ކަމަށާއި ޓީޖެޓީ ހަވާލުކޮށްފައިވަނީ 2015 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން މުއްދަތެއް ނެތް ގޮތަށް ކަަމަަށް އެމްޕީއެލް އިން އަނެއްކާ ވެސް ބުނެފި އެވެ.

އެ ކުންފުނިން މިހެން ބުނީ މާލޭ ހުޅަނގު ދެކުނު ފަރާޓު ޓީ ޖެޓީ އާއި ހަވާލުވާން މާލޭ ސިޓީ ކައުންސިލުން އެ ސަރަހައްދަށް މިއަދު ދިއުމުން ނެވެ.

އެމްޕީއެލް އިން ބުނީ "ޓީޖެޓީ މި ކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާނީ މިނިސްޓްރީ އޮފް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ."

މީގެ އިތުރުން ތަންފީޒީ އިދާރާއަކުން ނުވަތަ މިނިސްޓްރީން ވަކި ގޮތަކަށް އަމަލުކުރަން އަންގައިފިނަމަ އެ ކުންފުނިން އެގޮތަށް އަމަލުކުރާނެ ކަމަށެވެ. އަދި އެމްއޯޔޫގައި އޮތް ގޮތަށް، ކުރިޔެއެކޭވެސް އެއްފަދައިން އެ ކުންފުނިން ޓީޖެޓީގައި ދެމުންގެންދާ ޚިދުމަތް ދެމުންގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ޖެޓީ ހިންގުމަށް އެމްޕީއެލްއަށް ދީފައިވާ މުއްދަތު މިމަހުގެ 12 ވަނަ ދުވަހު ހަމަވެފައިވާ ކަަމަށެވެ. އަދި މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ތަން އެ ކައުންސިލާއި ހަވާލު ކުރުމަށް އަންގާފައިވެ އެވެ.

އެ މުއްދަތު ހަމަވުމުން މިއަދު ވަނީ ޖެޓީ ސަރަހައްދަށް ސިޓީ ކައުންސިލްގެ މެމްބަރުންނާއި މުވައްޒަފުންނާއި ލީގަލް ޓީމު ވަޑައިގެންފަ އެވެ. ޓީމުގައި އިސްކޮށް ހުންނެވީ މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް