ޕާކިންގ ސްލޮޓްތަކުގެ ގުރުނެގުން މާދަމާ ރޭ ބާއްވަނީ

އިންސާފުވެރި ނޫން ކަމަށް ބުނެ ތުހުމަތު ތަކެއް ކުރެވި 211 ޕާކިން ސްލޮޓްތަކަށް ކުރިމަތިިލި ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުން މާދަމާ ރެއަށް ހަމަޖައްސައިފިއެވެ. ޕާކިން ސްލޮޓްތަކުގެ ގުރު ނަގަން އަލުނ...

20 Dec 2021 | 07:19

އިންސާފުވެރި ނޫން ކަމަށް ބުނެ ތުހުމަތު ތަކެއް ކުރެވި 211 ޕާކިން ސްލޮޓްތަކަށް ކުރިމަތިިލި ފަރާތްތަކުގެ މެދުގައި އަލުން ގުރުނެގުން މާދަމާ ރެއަށް ހަމަޖައްސައިފިއެވެ.

ޕާކިން ސްލޮޓްތަކުގެ ގުރު ނަގަން އަލުން ނިންމާފަައި މިވަނީ މާލޭގައި އަގު ދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދުު ފަހަރު ޕާކު ކުރުމަށް ހާއްސަކޮށް ހުޅުވާލި ފުރުސަތުގައި 211 ޕާކިން ސްލޮޓް އަށް ކުރިމަތިލި 969 ފަރާތެއްގެ މެދުގައި ގުރުނަގައި އެ ސްލޮޓްތައް ދޭނެ ފަރާތްތައް ސިޓީ ކައުންސިލުން ނިންމާފައި ވަނި ކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައި ގެންނެވެ.

ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕާކިން ސްލޮޓްގެ ގުރުއަތު ނެގުމުގައި ކުރިން ފާހަގަ ކުރެވުނު އިދާރީ މައްސަލަތައް ހައްލުކޮށް ޕާކިން ސްލޮޓް ތަކުގެ ގުރުއަތުލުން 21 ޑިސެމްބަރު ވާ އަންގާރަ ދުވަހުގެ ރޭ 9 ޖަހާއިރު ކައުންސިލްގެ އާންމު ހިދުމަތްތަކާއި ބެހޭ ބައިގައި ކުރިއަށް ދާނެ ކަމުގައެވެ.

މީގެ އިތުރުން، ޕާކިން ސްލޮޓްތަކަށް އެދި ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށް ވެސް ގުރުއަތު ލުމުގައި އަމަލީ ގޮތުން ބައިވެރިވުމަށް ދައުވަތު އަރުވާފައި ވެއެވެ.

ޕާކިން ސްލޮޓުތައް ދޫކުރުމުގެ ގުރު ނެގުމުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީ ކައުންސިލަރުން މީގެ ކުރިން ނެރުނު ބަޔާނުގައި ބުނެފައިވަނީ 211 ސްލޮޓަށް ކުރިމަތިލީ 969 ފަރާތުގެ ތެރެއިން އެ ގުރު ނަގާތަން ލޮލުން ދެކި، އަތުން ހިފުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު އޮންނަންވާނެ ކަމުގައެެވެ.

މީގެ އިތުރުން، ގުރެއް ނަގާއިރު ގުރުގައި ބައިވެރިވާ ފަރާތްތަކަށް ހާޒިރުނުވެވޭ ގޮތަށް އެކަން ކުރުމަކީ އައިބު ކަމެއް ކަމުގައި ފާހަގަކޮށް އެ ގުރުއަތުލުން ކުރިއަށް ގެންދިޔައީ އެ މަސައްކަތް ކުރުމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލި ކޮމިޓީއަށް ނޭނގި، އެ ކޮމިޓީގެ ބައިވެރިވުން ނެތި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މި މައްސަލަ އޭސީސީއަށް ވެސް ހުށަހެޅީ އެމްޑީޕީގެ ފަރާތުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް