ބ. އަތޮޅާއި ތ. އަތޮޅާއި ދެމެދަށް ވަޔާއި ކަނޑު ގަދަވާނެ

މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް ނުވަ އަތޮޅަކަށް ވައިޓް އެލާޓު ނެރެފި އެވެ. އެލާތު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެލާޓުގެ ވަގުތަކީ ހެނދުނު8:15 ން މެންދުރު1:00 އެ...

20 Dec 2021 | 06:02

މޫސުން ގޯސްވާނެ ކަމަށް ލަފާ ކޮށް ނުވަ އަތޮޅަކަށް ވައިޓް އެލާޓު ނެރެފި އެވެ.

އެލާތު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. އެލާޓުގެ ވަގުތަކީ ހެނދުނު8:15 ން މެންދުރު1:00 އެވެ.

މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށެވެ. އާންމު ގޮތެއްގައި ވައި ޖެހޭނީ19 މޭލާއި24 މޭލާއި ދެމެދުގެ ބާރުމިނުގައި ކަމަށް މައުލޫމާތުދެ އެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

އެ އިދާރާއިން ބުނީ މި ދުވަސްވަރު އުތުރާއި މެދުރާއްޖެތެރެއަށް އާންމުކޮށް ވެހޭ ވަރަށްވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް