ދަމާސް އިން ވިއްކާ ފަރުނީޗަރުން ކަސްޓަމަރުންނަށް ބޮޑެތި ޑިސްކައުންޓް ލިބޭ "އިޔާ އެންޑް ސޭލް" ފަށައިފިއެވެ.
މި ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދަމާސްގެ ފަރުނީޗަރު ވިއްކާ ތިން ފިހާރައިގައި އިޔާ އެންޑް ސޭލް ކުރިއަށްދާނެއެވެ. އެގޮތުން މަޖީދީމަގުގައި ހުންނަ ދަމާސް ކިޗަން، ހަނދުވަރީ ހިނގުމުގައި ހުންނަ އިންޑެކްސް ފާނީޗާ ބައި ދަމާސް އަދި ވައިލެޓް މަގުގައި ހުންނަ ދަމާސް ހޯމް ފިހާރައިން ވިއްކާ ފަރުނީޗަރުގެ ބާވަތްތަކުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.
މީގެ އިތުރުން ދަމާސްގެ އީކޮމާސް ޕްލެޓްފޯމުން ވިޔަފާރި ކުރާ ފަރާތްތަކަށް ވެސް އިޔާ އެންޑް ސޭލްގައި ކަނޑައަޅާފައިވާ ޑިސްކައުންޓާއެކު ތަކެތި ބައްލަވައި ގަނެވޭނެއެވެ.
އިޔާ އެންޑް ސޭލްގައި ހާއްސަ ލަކީޑްރޯއެއް ނެގުމަށް ވެސް ދަމާސްއިން ވަނީ ކަނޑައަޅާފައެވެ. އެ ސޭލް ކުރިއަށްދާ މުއްދަތުގައި އެ ފިހާރަތަކުން ކުރާ 500 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ވައުޗަރެއް ލިބޭނެއެވެ. އަދި ސޭލް ނިމުމުން ގުރުއަތުން ނަސީބުވެރި 4 ފަރާތް ހޮވާނެއެވެ. އެގޮތުން، އެއްވަނަ އަށް ދާ ފަރާތަކަށް، 20،000 ރުފިޔާގެ ވައުޗާއެއް، ދެވަނަ އަށް ދާ ފަރާތަކަށް، 15،000 ރުފިޔާގެ ވައުޗާއެއް، ތިންވަނަ އަށް ދާ ފަރާތަކަށް، 10،000 ރުފިޔާގެ ވައުޗާއެއް އަދި ހަތަރުވަނަ އަށް ދާ ފަރާތަކަށް 5،000 ރުފިޔާގެ ވައުޗާއެއް ކަނޑައަޅާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް