ޓެކްސީ ޑުރައިވަރު ގާސިމް ހަސަން މަރާލި ކަމަށް، ފުލުހުން އެ މައްސަލައިގާ މިހާރު ހައްޔަރުކޮށްފައިވާ މީހާ އިއުތިރާފުވެފައިވާކަމަށް ފުލުސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު މިކަން ހާމަކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ސީޕީ ވިދާޅުވެފައިވަނީ އެކަމަށް އެމީހާ އިއުތިރާފުވެފައިވާކަމަށާއި ތަހުގީގަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އޭނާގެ ބަންދަށް ކޯޓުން 15 ދުވަސްވެސް ދީފައިވާކަމަށެވެ.
މި މައްސަލައިގާ މީހަކު ހައްޔަރުކޮށްފައިވާކަން ސީޕީ ރޭގައި ހާމަކުރައްވާފައިވާއިރު މިރޭ ވިދާޅުވީ އެރޭ ގާސިމް މަރާލި ގާތިލު ލައިގެން ހުރި ހެދުންވެސް "ކްރައިމް ސީން"އިން ފެނިފައިވާކަމަށާއި އެ ހެދުން ފެނިފައިވަނީ ހަމަ އެ ސަރަހައްދުގައި ފޮރުވާފައިވަނިކޮށް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތުތައް ހާމަކުރުމަށް ނޫސްވެރިންގެ ބައްދަލުވުމެއް އަންނަ ހަފްތާގައި ބާއްވާނެކަން ސީޕީ މިރޭ ހާމަކުރެއްވިއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް