އދ. މާމިގިލިން ފުރައިގެން ފ. ފީއައްޔަށް ދަތުރުކުރި ޑިންގީއެއްގެ ހަބަރެއް ނުވެގެން އެ ޑިންގީ ހޯދަން ފަށައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި މިއަދު 02:30 ހާއިރު އދ. މާމިގިލިން ފުރައިގެން ފ. ފީއައްޔަށް ދަތުރުކުރި ޑިންގީއެއް ގެއްލިފައިވާކަމަށްބުނެ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.
"ގެއްލުނު ޑިންގީގައި 18 އަހަރުން ދަށުގެ ތިން ކުދިންނާއި ބޮޑު މީހަކު އިންކަމަށް މައުލޫމާތު ލިބިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ކުޑަ އެ ކުދިންގެ އުމުރުތަކަކީ 09، 11 އަދި 13 އަހަރެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ޑިންގީއަކީ ފިޔާތޮށި ކުލައިގެ މަތި ހިޔާ ނުކުރާ ޑިންގީއެކެވެ. އެ ޑިންގީ ހޯދުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުންނެވެ. ޑިންގީއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 119 އަށް ގުޅުއްވާ މައުލޫމާތުދެއްވުމަށް ފުލުހުން އެދިލައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް