ރާއްޖެ އެތެރެކުރުން މަނާ ބޭސްތަކަކާއި މަރެވާނާ ގެންގުޅުނު ލަންކާ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައިގާ އުމުރުން 36 އަހަރުގެ ރައްޔިތަކު ހައްޔަރުކޮށްފައިވަނީ އދ. އަތޮޅުގެ ރިސޯޓަކުންނެވެ. އެމީހަކީ އެ ރިސޯޓުގައި މަސައްކަތްކުރާ މީހެއް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.
"އދ. އަތޮޅު ރިސޯޓެއްގައި މަސައްކަތްކުރާ މީހަކު ރާއްޖެ އެތެރެކުރުން މަނާ ބޭސްތަކެއް ގެންގުޅޭކަމުގެ މައުލޫމާތު ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި މައްސަލައާއި ގުޅިގެން ފުލުހުން އެ ރިސޯޓަށް ގޮސް ތުހުމަތު ކުރެވޭ 36 އަހަރުގެ ލަންކާ ރައްޔިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހާ ދިރިއުޅޭ ކޮޓަރި ބަލާ ފާސްކުރިއިރު ރާއްޖެ އެތެރެކުރުން މަނާ ބޭސްތަކާއި މަސްތުވުމަށް ބޭނުންކުރާ މަރެވާނާ ފަތްތަކެއް ފެނިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް