5 ޓީމާއެކު ތ. އަތޮޅު އެމްޕީ ކަޕް ފުޓްބޯޅަ މުބާރާތް އަންނަ ބްރާސްފަތި ދުވަހު ފަށަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާ މެމްބަރު ޢަބްދުﷲ ރިޔާޒު އެ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 26 ވާ ބްރާސްފަތި ދުވަހުއެވެ.
އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ޖެނުއަރީ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އިރު، މިއަހަރު ބައިވެރިވީ ތިމަރަފުށި، ކަނޑުދޫ، ވޭމަންޑޫ، ވަންދޫ އަދި ހިރިލަންދޫ އެވެ.
މިއީ ޢަބްދުﷲ ރިޔާޒު ތިމަރަފުށީ ދާއިރާގެ މެމްބަރުކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު އަތޮޅަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތެވެ.
މި މުބާރާތުގެ މަޤުޞަދަކީ ރަށްރަށުގެ ރައްޔިތުންގެ ގުޅުން ބަދަހި ކުރުމާއި ފުޓްބޯޅައިގެ ފޯރި މިހާރަށްވުރެ އިތުރު ކުރުމާއި ފުޓްބޯޅައިގެ ހުނަރުވެރިން އުފެއްދުމެވެ. އަދި ޒުވާން ކުޅުންތެރިންނަށް މުބާރާތްތަކުގައި ކުޅުމުގެ ފުރުޞަތު ހޯދައިދީ ކުޅިވަރުގެ މައިދާނުން ގިނަބަޔަކު އެއްތަނަށް ޖަމާވެ، އެކުވެރިކަމާއި ރަހުމަތްތެރިކަން އާލާ ކުރުމެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ރަނަރ އަޕް ޓީމަށް ދިނުމަށް ނިންމާފައިވަނީ ބައިލައްކަ ރުފިޔާ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް