ބިދޭސީއަކު ދުއްވި ޖިޕެއް ކޮންޓްރޯލު ނުވެގޮސް ތިން ކާރަކާއި ދެ ސައިކަލެއްގައި ޖެހި ބޮޑު އެކްސިޑެންޓެއް

ރޭގެ ދަންވަރު ވަގުތެއްގައި މާލޭ ރިންގު ރޯޑުން ގޮސް ބުރިޖަށް އަރާ ސަރަހައްދުގައި ނުރައްކާތެރި ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ރޭ 01:22 ހާއިރ...

20 Dec 2019 | 10:11

ރޭގެ ދަންވަރު ވަގުތެއްގައި މާލޭ ރިންގު ރޯޑުން ގޮސް ބުރިޖަށް އަރާ ސަރަހައްދުގައި ނުރައްކާތެރި ބޮޑު އެކްސިޑެންޓެއް ހިނގައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ރޭ 01:22 ހާއިރު މާލޭ ރިންގު ރޯޑު ބްރިޖް ޓްރެފިކް ލައިޓްގައި މަޑުކޮށްގެން އޮތް ވެހިކަލްތަކެއްގައި ޖިޕެއް ޖެހި އެކްސިޑެންޓެއް ވެފައިވާކަމުގެ މައުލޫމާތު ލިބިފައިވެއެވެ.

"މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބްރިޖް މަތިން ބާރު ސްޕީޑްގައި މާލެއާވީ ކޮޅަށް ދުއްވާފައި އައި ޖިޕެއް ކޮންޓްރޯލުނުވެގޮސް ޓްރެފިކް ލައިޓަށް މަޑުކޮށްގެން އޮތް ތިން ކާރާއި ދެ ސައިކަލެއްގައި ޖެހިގެން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާގޮތުގައި އެ ޖިޕް ދުއްވާފައިވަނީ ބަންގްލަދޭޝްގެ 27 އަހަރުގެ ފިރިހެނެކެވެ. މި އެކްސިޑެންޓްގައި ވެހިކަލްތަކަށް އެކިވަރުގެ ގެއްލުންވެފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވާގޮތުގައި މި އެކްސިޑެންޓްގައި އަނިޔާވި މީހުންނަށް އޭޑީކޭގައި ފަރުވާ ދީފައިވެއެވެ. ޖިޕުގެ ޑްރައިވަރަށް އަދިވެސް އޭޑީކޭގައި ފަރުވާދެމުން އަންނަ ކަމަށާއި ނަމަވެސް އެއްވެސް ސީރިއަސް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިނުވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން މި އެކްސިޑެންޓްގައި ހިމެނޭ ހުރިހާ ވެހިކަލްތަކާއި ސައިކަލުވެސް ދުއްވާފައިވަނީ ލައިސަންސް އޮންނަ މީހުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް