މަންދޫން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ

އދ. މަންދޫން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އދ. މަންދޫގައި އުމުރުން 83 އަހަރުގެ ފިރިހެނެއް މިރޭ އިޝާ ނަމާދަށްފަހު ނު...

20 Nov 2019 | 18:23

އދ. މަންދޫން އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި އދ. މަންދޫގައި އުމުރުން 83 އަހަރުގެ ފިރިހެނެއް މިރޭ އިޝާ ނަމާދަށްފަހު ނުފެނިގެން އުޅޭކަމުގެ މައުލޫމާތު މިރޭ 09:35 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވެއެވެ.

"މި މައުލޫމާތު ލިބުމާއެކު ފުލުހުންގެ ޓީމެއް އދ. މަންދޫއަށް ގޮސް މީހާ ހޯދުމުގެ މަސައްކަތް ވަނީ ފަށާފައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ ގެއްލިގެން ހޯދާ މީހާ އެންމެ ފަހުން ފެނުނުއިރު ލައިގެން ހުރީ މުންޑެއް އެކަނި ކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް