ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއަކު އަނެއްކާވެސް މަރުވެއްޖެއެވެ. މިއީ މި ގެނބިގެން މަރުވި ދެވަނަ ފަތުރުވެރިޔާއެވެ. މިދިޔަ ހަފްތާގައި ކަނޑުމަތީގައި ހިނގި ހާދިސާއެއްގައިވެސް ފަތުރުވެރިއަކު މަރުވެފައިވެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން މިރޭ ފުލުހުން ބުނެފައިވާގޮތުގައި މިއަދު 3:25 ހާއިރު އއ. ސަފާރީ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ޖަރުމަނަށް ނިސްބަތްވާ ފިރިހެން ފަތުރުވެރިއަކު ޑައިވިނަށް ގޮސް މައްޗަށް އެރިފަހުން މަރުވެފައިވާކަމަށް ފުލުހުންނަށް މައުލޫމާތު ލިބިފައިވެއެވެ.
މި ހާދިސާގައި އޭނާ މަހިބަދޫ ހޮސްޕިޓަލަށް ގެނައިއިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް