ރޭގެ ވަގުތެއްގައި ބަނގުރަލާއެކު ޕާޓީ ކުރަމުންދަނިކޮށް ހުޅުމާލޭ ގެސްޓްހައުސް އަކުން ހައްޔަރުކުރި ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ގެ ބަންދަށް ހަތަރު ދުވަސް ޖަހައިފިއެވެ.
މަލްގެ ބަންދަށް ހަތަރު ދުވަސް ޖަހާފައިވަނީ މަލް އަދި އޭނާއާއެކު ރޭ ހައްޔަރު ކުރި 11 ފިރިހެނުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް މިއަދު ހުޅުމާލޭ ކޯޓަށް ހާޒިރު ކުރުމުންނެވެ.
މަލްގެ ބަންދަށް ހަތަރު ދުވަސް ޖަހާފައިވާއިރު މި މައްސަލައިގާ ހިމެނޭ 11 ފިރިހެނުންގެ ތެރެއިން އެކެއްގެ ބަންދަށް އަށް ދުވަސް އަދި އެކެއްގެ ބަންދަށް ހަތް ދުވަސް ޖަހާފައިވެއެވެ. އަނެއް ނުވަ ފިރިހެނުންގެ ބަންދަށްވެސް ޖަހާފައިވަނީ ހަތަރު ދުވަހުގެ މުއްދަތެކެވެ.
މަލް އަދި އޭނާއާއެކު ހައްޔަރުކުރި 11 ފިރިހެނުންގެ ބަންދުގެ މުއްދަތު ޖަހާފައިވާއިރު އެމީހުން ހައްޔަރުކޮށްފައިވަނީ ރޭ ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ.
މި މައްސަލައިގާ މަލް ހައްޔަރުކޮށްފައިވާއިރު މަސްތުވާތަކެތި އޭނާގެ އަތް ދަބަހުން ފެނުނު މައްސަލައެއްގައި ދައުވާކޮށް ކޯޓުގައި އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ފަށާފައެވެ. ރޭގެ ވަގުތެއްގައި މަލް ހައްޔަރުކުރީވެސް ގޭބަންދެއްގައި ހުއްޓައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް