ހެންވޭރު ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިން ވެއްޓުނު ހާއްސަ އެހީއަށް ބޭނުންވާ ކުޑަ ފިރިހެން ކުއްޖަކަށް އޭޑީކޭގައި ފަރުވާ ދެމުން އެބަގެންދެއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވާގޮތުގައި ހެންވޭރު ވައިޖެހޭމަގުގައި ހުރި ގެއެއްގެ ހަތަރުވަނަ ފަންގިފިލާއިން ޚާއްސައެހީއަށް ބޭނުންވާ ފަސް އަހަރުގެ ފިރިހެން ކުއްޖަކު މަގުމައްޗަށް ވެއްޓިގެން މިއަދު 2:28ގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
މިކުއްޖާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލު އަދި ލިބިފައެއް ނުވެއެވެ.
މި ހާދިސާގައި ވެއްޓުނު ކުއްޖާ މިހާރު އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި މިކަމއި ގުޅިގެން ފުލުހުން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް