ހުޅުމާލޭގައި  ހުންނަ "ފިޔަވަތި" އަށް އިންޑިއާއިން ހިލޭ އެހީ ދެއްވައިފި

ހުޅުމާލޭގައި ހުންނަ "ފިޔަވަތި" މަރާމާތުކޮށް އިތުރަށް ތަނަވަސް ކުރުމަށް އިންޑިއާއިން ހިލޭ އެހީ ދެއްވައިފިއެވެ. ފޮރިން މިނިސްޓްރީން ބުނެފައިވަނީ އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައ...

20 Nov 2019 | 12:00

ހުޅުމާލޭގައި ހުންނަ "ފިޔަވަތި" މަރާމާތުކޮށް އިތުރަށް ތަނަވަސް ކުރުމަށް އިންޑިއާއިން ހިލޭ އެހީ ދެއްވައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ ހިލޭ އެހީގެ ތެރެއިން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ފިޔަވަތި އިމާރާތް މަރާމާތުކޮށް އިތުރަށް ތަނަވަސް ކުރުމަށްޓަކައި  1,998,206 ދިވެހި ރުފިޔާ އިންޑިއާ ސަރުކާރުން ކަނޑައަޅުއްވައިފި ކަމަށެވެ.

މި މަޝްރޫޢުގެ ތެރޭގައި އިމާރާތުގެ ސެކިއުރިޓީ ތަރައްޤީކުރުމާއި، އިމާރާތުގައި މިހާރު ބޭނުންކުރާ ފަރުނީޗަރު އާކުރުމާއި، ކުދިންގެ އާންމު ބޭނުންތަކަށް ބޭނުންކުރާނެ ޖާގަ ތައްޔާރުކުރުން ހިމެނޭ ކަމަށާއި މި މަޝްރޫޢުގެ ސަބަބުން ފަޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެކުދިން ގަޔާވާ ހިތްފަސޭހަ މާހައުލެއް ޤާއިމުވެގެންދާނެކަމުގައި ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީ ރާއްޖެއަށް ދިނުމަށް އެއްބަސްވީ މި އަހަރުގެ މާރިޗް މަހު 17 އިން 18 އަށް އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާރނަލް އެފެއާޒްރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް