ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރަޖިސްޓްރީ ކުރަން އީސީން ނިންމައިފި

ސިޔާސީ ޕާޓީއެއްގެ ގޮތުގައި، މޯލްޑިވްސް ރިފޯމް މޫވްމަންޓް ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ. މިކަން ހާމަކޮށް އީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މޯލްޑިވްސް ރިފޯމް މޫވްމ...

20 Nov 2019 | 07:30

ސިޔާސީ ޕާޓީއެއްގެ ގޮތުގައި، މޯލްޑިވްސް ރިފޯމް މޫވްމަންޓް ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މިކަން ހާމަކޮށް އީސީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މޯލްޑިވްސް ރިފޯމް މޫވްމަންޓް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރުމަށް ކޮމިޝަނުން ނިންމަވައި، ރަޖިސްޓްރީ ސެޓިފިކެޓް ހަވާލުކުރުން 25 ނޮވެމްބަރު ގައި ބާއްވަން ނިންމާފައިވާކަމަށެވެ.

އެމްއާރުއެމް ރަޖިސްޓްރީ ކުރުމަށް އިލެކްޝަންސުން ނިންމާފައިވާއިރު އެ ޕާޓީ އުފެއްދުމުގެ ޖަލްސާ މި މަހުގެ ހަތް ވަނަ ދުވަހުގެރޭ ދަރުބާރުގޭގައި ބާއްވާފައިވެއެވެ. އެ ޖަލްސާގައި އެ ޕާޓީގެ އިންތިގާލީ ރައީސަކަށް ރައީސް މައުމޫން ހޮވާފައިވާއިރު ޕާޓީގެ ކޮމިޓީތައްވެސް ވަނީ އެކުލަވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް