ދީނީ ދައުވަތު ފަތުރާ ޖަމިއްޔާތަކަށް ފިޔަވަޅު އެޅުމަކީ ޓެރަރިޒަމްގެ އަމަލެއް: ޑރ. އިޔާޒް

އިސްލާމީ ދައުވަތު ފަތުރަން މަސައްކަތްކުރާ ޖަމިއްޔާތައް ފްރޭމްކޮށްގެން ފިޔަވަޅު އަޅަން މަސައްކަތް ކުރުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމުގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެ...

20 Nov 2019 | 05:56

އިސްލާމީ ދައުވަތު ފަތުރަން މަސައްކަތްކުރާ ޖަމިއްޔާތައް ފްރޭމްކޮށްގެން ފިޔަވަޅު އަޅަން މަސައްކަތް ކުރުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމުގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ ޓްވިޓާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޓެގް ކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އިޔާޒް ވިދާޅުވެފައިވަނީ ދީނީ ޖަމިއްޔާތައް ފްރޭމްކޮށް ފިޔަވަޅު އަޅަން އުޅެނީ ސައިތާނީ ރިޕޯޓް ލިޔުނު އެމްޑީއެން އުވާލުމުން އޭގެ ބަދަލުގައި ކަމަށެވެ.

ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަލަފް ޖަމިއްޔާއަށް، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީން ޓެރަރިޒަމްގެ ތުހުމަތު ކުރާ ކަމަށެވެ. މިފަދަ ޖަމާއަތްތަކާމެދު ކަންކުރާނެ ގޮތެއް ނިންމަންޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް