ސަލަފަށް ކޮމިޓީން ޓެރަރިޒަމްގެ ތުހުމަތު ކުރޭ، މިފަދަ ޖަމާއަތްތަކާމެދު ކަންކުރާނެ ގޮތެއް ނިންމަންޖެހޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީން، ސަލަފް ޖަމިއްޔާއަށް ޓެރަރިޒަމްގެ ތުހުމަތު ކުރާކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަ...

20 Nov 2019 | 05:46

ރައްޔިތުންގެ މަޖިލީހުގެ، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީން، ސަލަފް ޖަމިއްޔާއަށް ޓެރަރިޒަމްގެ ތުހުމަތު ކުރާކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައެވެ.

ރައީސް ނަޝީދު މިއަދު ވިދާޅުވީ ޑރ. އަފްރާޝީމް އަލީގެ މަރާއި ގުޅޭގޮތުން މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ސަލަފް ޖަމިއްޔާއަކީ ޓެރަރިޒަމަށް ވާގިދޭ ޖަމާއަތެއްގެ ގޮތުގައި ބަޔާން ކުރާ ކަމަށް ސަބް ކޮމިޓީން ދެކޭ ކަމަށެވެ. އެހެންކަމުން އެ ޖަމާއަތާ ގުޅޭގޮތުން ފިޔަވަޅު އެޅުމަށް ސަބް ކޮމިޓީން މައި ކޮމިޓީއަށް ފޮނުވާފައިވާކަމުގެ މައުލޫމާތި ލިބޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ސަބް ކޮމިޓީގެ މަސައްކަތް ރޭ ނިންމާލާފައިވާކަމަށާއި އަދި ވަރަށް އަވަހަށް މައި ކޮމިޓީގެ ފުރިހަމަ ރިޕޯޓް މަޖިލީހަށް ލިބޭނެ ކަމަށެވެ. ޓެރަރިޒަމަށް ވާގިދޭ ޖަމާއަތްތަކާމެދު ކަންކުރާނެގޮތެއް މަޖިލީހުން ނިންމަންޖެހޭ ކަމަށާއި އޭގެ ތެރޭގައި ސަލަފް ޖަމިއްޔާ ހިމެނޭ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ މަގްސަދަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފަތުރާ ހިންގާ ފަރާތްތައް ހުއްޓުވުން ކަމަށާއި ދުނިޔޭގައި ހަމަނުޖެހުން ހިންގާހާ ތަނެއްގައި ދިވެހިން ހައްޔަރު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް