ބޮޑު ބަންދާ ދިމާކޮށް ސަން ފްރަންޓް ލިވިންގައި "ގުޑު ގުޑު" ސޭލް ކުރިއަށް !

ބޮޑު ބަންދާއި ދިމާކޮށް ސަން ފްރަންޓް ލިވިން އިން "ގުޑުގުޑު" ނަމުގައި ހާއްސަ ސޭލެއް ފަށައިފިއެވެ. މި ސޭލް ސަންފްރަންޓުން ސިފަ ކުރަނީ ސޭލުގެ ހެޔޮ އަގުތައް ފެނި ކަސްޓަމަރުން "ގުޑުގުޑު" އަޅާނެ ސޭލެއްގެ ގޮ...

20 Nov 2019 | 05:20

ބޮޑު ބަންދާއި ދިމާކޮށް ސަން ފްރަންޓް ލިވިން އިން "ގުޑުގުޑު" ނަމުގައި ހާއްސަ ސޭލެއް ފަށައިފިއެވެ.

މި ސޭލް ސަންފްރަންޓުން ސިފަ ކުރަނީ ސޭލުގެ ހެޔޮ އަގުތައް ފެނި ކަސްޓަމަރުން "ގުޑުގުޑު" އަޅާނެ ސޭލެއްގެ ގޮތުގައެވެ.

ސަންފްރަންޓުން ފާހަގަކުރާގޮތުގައި މި ދުވަސްވަރު ސްކޫލުތައް ޗުއްޓީވުމާއެކު ގިނަ މީހުން އެއް އެޕާޓްމަންޓުން އަނެއް އެޕާޓްމަންޓަށް ބަދަލުވުމުގެ އިތުރުން ރާއްޖޭގެ ރަށްރަށުން މާލެއަށް ގިނަ ބަޔަކުވެސް ދަތުރުކުރަމުން ގެންދާނެއެވެ. އެހެންކަމުން ސަންފްރަންޓްގެ މަގްދަކީ ހެޔޮ އަގުގައި ގިނަ މީހުންނަށް މުދާ ލިބޭނެ މަގު ފަހިކޮށްދިނުން ކަމުގައި ސަންފްރަންޓުން ބުނެއެވެ.

މި ސޭލްގައި ގެއަށް ބޭނުންވާ ފަރުނީޗަރާއި ބަދިގޭ ސާމާނާއި ބެޑްރޫމް ސެޓާއި ކިޔަވާ މޭޒާއި އުނދުނާއި އަވަން ފަދަ ތަކެތިންވެސް ޑިސްކައުންޓް ލިބޭނެ ކަމުގައި ސަންފްރަންޓުން ބުނެއެވެ. އަދި މި ސޭލްގައި ވިއްކާ ބައެއް ތަކެތިން 50 އިންސައްތައާއި ހަމައަށް އަގުތައް ހެޔޮވާނެ ކަމުގައިވެސް ސަންފްރަންޓުން ބުނެއެވެ.

މީގެ އިތުރުން ހުސްކުރަން ބޭނުންވާ ބައެއް މުދާ 75 އިންސައްތައާއި 90 އިންސައްތައާއި ދެމެދުގެ ހެޔޮއަގެއްގައި ލިބިލައްވާނެ ކަމުގައިވެސް ސަންފްރަންޓުން ބުނެއެވެ

ސަންފްރަންޓްގެ މި ސޭލް ފަށާފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުގައެވެ. ސޭލް ނިންމަން ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވާއިރު މި ސޭލްގައި ބައިވެރިންގެ މެދުގައި ވަކި އިނާމުތަކެއް ހަމަޖައްސާފައިނުވާނެ ކަމުގައިވެސް ސަންފްރަންޓުން ބުނެއެވެ. ސަންފްރަންޓުން މައުލޫމާތުދެއްވާގޮތުގައި މި ސޭލްގެ މަގްސަދަކީ ފެންވަރު ރަނގަޅު މުދާ ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ.

ސަންފްރަންޓްގެ މި ސޭލް ކުރިއަށްގެންދަނީ ގަންނަ ހުރިހާ އެއްޗެއް މާލެ އަދި ހުޅުމާލޭގައި ހުންނަ ގެތަކަށް ޑެލިވެރަކޮށްދިނުމުގެ އިތުރުން ރާވައިދޭ ގޮތަށެވެ. ވިލިނގިލީގައި އުޅުއްވާ ބޭފުޅުން ބައްލަވައިގަންނަވާ މުދާ ވިލިނގިލި ފެރީ ޓާމިނަލާ ހަމައަށް ގެންގޮސްދޭނެ ކަމަށާއި ތަކެތި ރާވައިދޭން ސަން ފްރަންޓްގެ ޓީމެއް ވިލިނގިއްޔަށް ދާނެ ކަމުގައިވެސް ސަންފްރަންޓުން ބުނެއެވެ.

ރަށްރަށުގައި އުޅޭ މީހުން މާލެ ނައިސް ރަށުގައި ހުރެގެންވެސް މި ސޭލުގައި ބައިވެރިވެ ވިޔަފާރި ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން ސަންފްރަންޓްގެ ފޭސްބުކް ޕޭޖްގައި  މި ސޭލްގެ  އައިޓަމްސްތައް ފެންނަން ހުރި އިރު އޮންލައިންކޮށް ޕޭކޮށްގެންވެސް މި ސޭލްއިން ތަކެތި ބައްލަވައިގަނެވިދާނެއެވެ. އެގޮތަށް ބައްލަވައިގަންނަ ތަކެތި އެ ރަށެއްގެ ބޯޓަކާއި ހަމައަށް ޑެލިވަރ ކޮށްދޭނެ ކަމުގައިވެސް ސަން ފްރަންޓުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް