ފޭސްބުކްގެ ނަން ބަދަލުކޮށް، ކުންފުނި ރީބްރޭންޑު ކުރަނީ!

ސޯޝަލް މީޑިއާގެ އެންމެ ވަރުގަދަ ޕްލެޓް ފޯމް ފޭސްބުކްގެ ނަން ބަދަލުކޮށް ކުންފުނި ރީބްރޭންޑު ކުރަން ނިންމައިފި އެވެ. އެމެރިކާގެ ޓެކްނޮލިޖީ ބްލޮގް ވާޖް އާއި ހަވަލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަންނަ...

20 Oct 2021 | 15:44

ސޯޝަލް މީޑިއާގެ އެންމެ ވަރުގަދަ ޕްލެޓް ފޯމް ފޭސްބުކްގެ ނަން ބަދަލުކޮށް ކުންފުނި ރީބްރޭންޑު ކުރަން ނިންމައިފި އެވެ.

އެމެރިކާގެ ޓެކްނޮލިޖީ ބްލޮގް ވާޖް އާއި ހަވަލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަންނަ ހަފްތާގައި ކުންފުނި ރީ ބްރޭންޑުކޮށް ނަން ބަދަލު ކުރާނެ އެވެ. މިކަން ވޭޖްއަށް ކަށަވަރުކޮށްދީފައިވަނީ ފޭސްބުކް ކުންފުނީގައި މަސައްކަތް ކުރާ އިސް މުވައްޒަފެއް ކަމަށް ބުނެ އެވެ.

އެކަން ރަސްމީކޮށް އިއުލާނު ކުރާނީ ފޭސްބުކްގެ އެނުއަލް ކަނެކްޓު ކޮންފަރެންސްގައި މިމަހުގެ 28 ވަނަ ދުވަހު އެވެ. އެކަމަކު އޭގެ ކުރިން ރީ ބްރޭންޑު ކުރަން އުޅޭކަން ފޭސްބުކުން ހާމަކޮށްފާނެ ކަމަށް ބުނެފައިވެ އެވެ.

މި ހަބަރުގެ ސައްހަކަށް ކަށަވަރުކޮށްދޭން ފޭސްބުކުން ވަނީ ދެކޮޅު ހަދާފަ އެވެ. އެ ކުންފުނިން ބުނީ އެހެން ދައްކާ ވާހަކައަށް ޖަވާބުދާރީވާން ބޭނުން ނުވާ ކަމަށެވެ.

ފޭސްބުކް ރީބްރޭންޑު ކުރާއިރު އެ ކުންފުނީގެ އެޕްތައް ކަމަށްވާ އިންސްޓަގްރާމާއި ވަޓްސްއެޕް ފަދަ އެޕްތަކަށްވެސް ބޮޑު ބަދަލުތަކެއް ގެންނާނެ ކަމަށްވެ އެވެ. ކުންފުނި ރީބްރޭންޑު ކުރުމުގެ ވާހަކަ ތިލަވެފައި މިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެ އެކުންފުނީގެ ތިން އެޕް އެއް ފަހަރާ ހަގަޑިއިރެއްހާ އިރަށް ޑައުންވެފައި ވަނިކޮށެވެ.

ފޭސްބުކް ރީބްރޭންޑު ކުރަން ނިންމާފައިވާއިރު މި ދުވަސް ވަރަކީ އެ ކުންފުންޏަށް އެމެރިކާ ސަރުކާރުން ވަރަށް ބޮޑަށް ފިއްތުންތައް ކުރިމަތިވަމުންދާ ދުވަސްވަރެކެވެ. އެގޮތުން ފޭސްބުކްގައި ހިނގާ ކަންކަމަށް އެމެރިކާ ސަރުކާރުން ފާރަލާ ކަމަށްވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް