އިންޑިއާގެ މަޝްހޫރު ކޮމިޑިއަން ކީކޫ ޝަރްދާގެ އިސްތަށިގަނޑަށް މިހަފްތާގައި ވަނީ ތަފާތު ބަދަލެއް ގެނެސްފަ އެވެ.
ބޮލުގައި ވިގެއް ޖަހާފައިވާއިރު އެއީ ތަފާތު ގޮތަކަށް އިން ވިގެކެވެ. ބޮލު މެދުން ވަކި އިސްތަށިތަކެއް ސްޕްރިންގެ އެހީގައި މައްޗަށް ނަގައި ދެ ފަރާތައް ތެޅޭގޮތް ހުރީ ހަދާފަ އެވެ.
މި ބަދަލަކީ ޔަގީނުންވެސް މި ހަފްލާގެ "ދި ކަޕިލް ޝަރްމާ ޝޯ" އަށް އޭނާގެ އިސްތަށިގަނޑަށް ގެނެސްފައިވާ ބަދަލެކެވެ. ޝޯގެ ޝޫޓިންއަށް ސެޓަށް ދަނިކޮށް ނޫސްވެރިން ސުވާލު ކުރުމުން ކީކޫ ބުނީ އެހެން އިސްތަށިގަނޑަށް ހަދާފައިވަނީ ކީއްވެކަން އޭނާއަށްވެސް ނޭނގޭ ކަމަށެވެ.
އަދި ކީކޫ ވަނީ ނޫސްވެރިންނަށް ހީވާގޮތް ބުނުމަށް އެދިފަ އެވެ. ބައެއް މީހުން ވަނީ އެހެން ހުރުމުން ހީވަނީ އެންޓަނާއެއްހެން ކަމަށް ބުނެ އެވެ.
ފަހުން އެތަނުން ދާން ފެށުމުންވެސް ނޫސްވެރިން ބޮލަށް އެހެން ހަދަން ޖެހުނީ ކީއްވެތޯ ސުވާލު ކުރުމުން ކީކޫ ބުނީ ހަމަ ހަގީގަތުގައިވެސް އޭނާގެ ބޮލަށް އެހެން ހަދަން ޖެހުނު ސަބަބެއް ނޭނގޭ ކަމަށާއި އެކަން އެނގޭނީ ސެޓަށް ދިއުމުން ކަމަށެވެ.
https://www.instagram.com/p/CVK0PjQI1Q0/
މި ހަފްތާގެ "ދި ކަޕިލް ޝަރްމާ ޝޯ" ގެ މެހުމާނަކީ ސޮނާކްޝީ ސިންހަ އެވެ. ސޮނީ ޓީވީން މިހާރު އެ ޝޯގެ ދެ އިޝްތިހާރެއް ދައްކާއިރު އެއް އިޝްތިހާރުގައި ކީކޫ ފެނިގެންދާއިރު އިސްތަށިގަނޑާއި ގުޅޭ ވާހަކައެއް ހިމެނޭ އިޝްތިހާރެއް އަދި ނުދައްކަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް