ބިޓްކޮއިންގެ އަގު ދުވަހަކު ނުދާވަރަށް މައްޗަށް – އެންމެ ބިޓްކޮއިނެއްގެ އަގު މިލިޔަނަކަށްވުރެ މަތި

ކްރިޕްޓޯ ކަރަންސީއެއް ކަމުގައިވާ ބިޓްކޮއިންގެ އަގު ދުވަހަކު މައްޗަށް ނުދާވަރަށް މިއަދު މައްޗަށް ގޮސްފިއެވެެ. މިއަދު ބިޓްކޮއިން މިވަނީ އިންވެސްޓަރުންގެ ބަހުން ނަމަ އަނެއްކާވެސް "އޯލް ޓައިމް ހައި" އަކަށ...

20 Oct 2021 | 14:36

ކްރިޕްޓޯ ކަރަންސީއެއް ކަމުގައިވާ ބިޓްކޮއިންގެ އަގު ދުވަހަކު މައްޗަށް ނުދާވަރަށް މިއަދު މައްޗަށް ގޮސްފިއެވެެ.

މިއަދު ބިޓްކޮއިން މިވަނީ އިންވެސްޓަރުންގެ ބަހުން ނަމަ އަނެއްކާވެސް "އޯލް ޓައިމް ހައި" އަކަށް ގޮސްފައެވެ.

ޑޮލަރުން ބަލާނަމަ ބިޓްކޮއިންގެ އަގު މިއަދު ވަނީ 66 ހާހުން މައްޗަށް ގޮސްފައެވެ. މީގެ ކުރިން "އޯލް ޓައިމް ހައި" އުޅުނީ 64 ހާހުގައެވެ.

ދިވެހި ރުފިޔާއިން ބަލާނަމަ އެންމެ ބިޓްކޮއިނެއްގެ އަގު މިއަދު މިވަނީ މިލިޔަނަކަށްވުވުރެ މައްޗަށް ގޮސްފައެވެ.

މިއަދު ބިޓްކޮއިން "އޯލް ޓައިމް ހައި" އަކަށް ގޮސްފައިމިވަނީ "އެކްސްޗޭންޖް ޓްރޭޑެޑް ފަންޑް" (އީޓީއެފް) އެއްގެ ގޮތުގައި ނިއު ޔޯކް ސްޓޮކް އެކްޗްޖޭންގައި ބިޓްކޮއިން ގެ އީޓީއެފެއް އިއްޔެ ހިމަނާފައިވަނިކޮށެވެ.

އެމެރިކާގައި "ސްޕެޝަލައިޒްޑް އެކްސްޗޭން-ޓްރޭޑެޑް ޕްރޮޑަކްސްޓް" މާކެޓަށް ނެރެމުން އަންނަ ޕްރޯޝެއަރ ކުންފުނިން ބިޓްކޮއިންގެ އީޓީއެފް ނިއު ޔޯކް ސްޓޮކް އެކްސްޖޭންގައި ލިސްޓްކޮށްފައިވަނީ "ބިޓޯ" ގެ ނަމުގައެވެ.

ބިޓޯ ނިއުޔޯކް ސްޓޮކް އެކްސްޗޭންގައި އިއްޔެ އެކްޓިވޭޓް ކޮށްފައިވާއިރު މިއަދު މި އާޓިކަލް ލިޔުނު އިރު ބިޓޯގެ ވެލިއު ވަނީ 43.29 ޑޮލަރަށް އުފުލިފައެވެ.

ބިޓް ކޮއިން އަކީ އެއްވެސް ބޭންކެއްގެ ކޮންޓްރޯލް އެއަށް ނުފޯރާނޭހެން ޑީސެންޓްރައިލްޒްޑްކޮށް، މެނޭޖްވެ ދައުރުވަމުން އަންނަ އެތައް ކްރިޕްޓޯ ކަރަންސީއެއްގެ ތެރެއިން އެއް ކްރިޕްޓޯ ކަރަންސީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް