މާލޭގެ އިމާރާތެއްގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޑޮނާޑް ގާމެންޓް ހުންނަ ޢިމާރާތުގެ ތިންވަނަ ފަންގިފިލާގައި ކަމަށެވެ. އަދި އެ ސަރަހައްދުގައި އެމްއެންޑީއެފް ގެ ފަޔަރ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަަމަށެވެ.
މި ހާދިސާގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވަނީ މިއަދު ހަވީރު 16:49 ގައި ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެެވެ.
އެމްއެންޑީއެފް އިން ބުނީ ރޯވިއަލިފާންގަނޑު 17:09 ގައި ނިއްވާލާފައިވާ ކަމަށާއި އެއްވެސްމީހަަކަށް އަނިޔާއެއް ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް