މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ 10 ބޯލް ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކުރި ކުޅުންތެރިން ކަށަވަރުވެއްޖެ އެވެ.
ނެޝަނަލް ބިލިއާޑް ސެންޓަރުގައި ކުރިއަށްދާ އެ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލަށް ހަސަން ޝާޒް މުހައްމަދާއި މުހައްމަދު ޝަރީފް ދަތުރުކުރި އިރު، އަންހެން ޑިވިޝަންގެ ފައިނަލަށް ދަތުރުކުރީ އާމިނަތު ފާތީ އާއި އާމިނަތު އަޒްރާ އެވެ.
ފިރިހެން ޑިވިޝަންގެ ފައިނަލުން ޝާޒް ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު މެޗުގައި 7-4 ފްރޭމުން މުހައްމަދު ޝަރީފް ބަލިކޮށްގެން ނެވެ. އަދި ފައިނަލުން ޝަރީފް ޖާގައެއް ކަށަވަރުކުރީ 6-7 ފްރޭމުން ހުސައިން ފަޔާޒް ބަލިކޮށްގެން ނެވެ.
އަންހެން ޑިވިޝަންގެ ފައިނަލުން ފާތީ ޖާގައެއް ކަށަވަރުކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭ އާމިނަތު އަޒްރާގެ މައްޗަށް ސީދާ ފަސް ފްރޭމުން ކުރި ހޯދައިގެން ނެވެ. އަދި ފައިނަލުން އަޒްރާ ޖާގަ ހޯދީ ރޭ ކުޅުނު މެޗުގައި 5-3 ފްރޭމުން އާމިނަތު ހަލީމްގެ މައްޗަށް ކުރި ހޯދައިގެން ނެވެ.
އަންހެން ޑިވިޝަނުގެ ފައިނަލުގައި ފާތީ އާއި އަޒްރާ މިރޭ 7:00 ގައި ވާދަކުރާ އިރު، ފިރިހެން ޑިވިޝަންގެ ފައިނަލުގައި ޝާޒް އާއި ޝަރީފް ވާދަކުރާނީ މިރޭ 8:30 ގަ އެވެ.
އެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 64 ކުޅުންތެރިން ވާދަކުރާ އިރު، އަންހެން ޑިވިޝަނުގައި 12 ކުޅުންތެރިން ވާދަކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް