ކޮވިޑް 19 ގެ ބަލިމަޑުކަން ފެނިގެން ނ. ހޮޅުދޫ ހިމެނޭހެން އިތުރު ދެ ރަށެއް މޮނިޓަރިން ހާލަތައް ގެނެސްފިއެވެ.
ހޮޅުދޫގެ އިތުރުން މޮނިޓަރިން އަށް ލާ ފައިވަނީ ބ. ގޮއިދޫ އަދި މ. މުލަކެވެ.
ހޮޅުދޫ މޮނިޓަރިން އަށް ލާފައިވަނީ އެރަށުން ކޮވިޑްގެ އަލާމާތްތަށް ފެނިގެން ނެގި ސުންކުތަކާއި ތަކާއި ޕޮޒިޓިވްވި ފަރާތްތަކުގެ ޑައިރެކްޓް ކޮންޓެކްޓުން ވެސް ޕޮޒިޓިވް ވެފައިވާތިއެވެ. މިއަދު އެކަނިވެސް ހަމީހުން ޕޮޒިޓިވް ވެފައިވެއެވެ.
މި އާއެކު މިވަގުތު ހޮޅުދޫގައި ޕޮޒިޓިވް ދިހަ މީހަކު އެބަތިއްބެވެ.
ގޮއިދޫ މޮނިޓަރިން އަށް ލާފައިވަނީ ކޮވިޑްގެ އަލާމާތްތައް ފާހަގަ ކުރެވިގެން ޑޮކްޓަރަށް ދެއްކި މީހަކު ޕޮސިޓިވްވުމުންނެވެ. އަދި ފަހުން ޕޮޒިޓިވްވި ފަރާތުގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ހަތް ފަރާތެއް ޕޮޒިޓިވްވުމުންނެވެ.
އެ ކޭސްތަކާއި ގުޅުން ހުރި 60 އަށްވުރެ ގިނަ މީހުން ފާހަގަ ކުރެވި ވަނީ ކަރަންޓީން ކޮށްފަ އެވެ.
މުލައް މޮނިޓަރިން އަށް ލާފައިވަނީ ކޮވިޑްގެ އަލާމާތްތައް ފެނިގެން ފްލޫ ކުލިނިކަށް ދެއްކި ނުވަ މީހުން ޕޮސިޓިވްވުމުންނެވެ. އެ މީހުންނާއި ގުޅުން ހުރި 23 މީހަކު މިހާތަނަށް ޕޮސިޓިވްވެފައިވެ އެވެ.
އަދި އެކޭސްތަކާއި އެކު ޖުމްލަ މުލަކުގައި މިހާރު ކޯވިޑްޖެހިފައިވާ 32 މީހުން އެބަތިއްބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް