ބޭސްވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ވިޔަފާރިތަކުން ބޮޑު ފައިދާއެއް ނަގާ: ޔައުގޫބު

ބޭސްވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ވިޔަފާރިތަކުން ބޮޑު ފައިދާއެއް ނަގާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ، ޔައުގޫބު މި މޭރުމުން ވިދާޅުވީ، ރައްޔި...

20 Oct 2021 | 10:37

ބޭސްވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ވިޔަފާރިތަކުން ބޮޑު ފައިދާއެއް ނަގާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ،

ޔައުގޫބު މި މޭރުމުން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު ހިނގި ބަހުސްއެއްގައެވެ. އެގޮތުން ރައްޓެއްސަކާ ހަވާލާދީ މެމްބަރު ވަނީ މިސާލެއް ޖައްސަވާފައެވެ.

"އަޅުގަނޑުގެ ރައްޓެއްސަކު އަޅުގަނޑު ކައިރީގައި ބުނި، މި ދާއިރާ، ހާއްސަކޮށް ބޭސްވެރިކަމުގައި ދާޢިރާގައި ހުރި ފައިދާ އަންގަދޭންވެގެން މިސާލަކަށް ބުނި، އައިޖީއެމް ކައިރީގައި އަދި އިތުރު 12 ބާރަވަރަކަށް ބޭސްފިހާރަ ހުޅުވައިގެން، ބޮޑު ކުލީގައި، ފުލް ސްކޭލްގައި ސްޓޭފުން ނަގައިގެން، އެއްވެސް އިތުރު ކަމަކާނުލާ ބޮޑު ތަނުން ފައިދާ ވާނެ ވާހަކަ"

ޔައުގޫބު ވިދާޅުވީ، އެހެން ވަނީ ދެތިން ރުފިޔާއަށް ލިބޭ ބޭސްގުޅަ ބޮޑު ފައިދާއެއް ލައިގެން ވިއްކާތީ ކަމަށެވެ. އެގޮތުން500 ނުވަތަ600 އިންސައްތަ ޕްރޮފިޓް މާޖިން ލާ ކަމަށް އޭނާ ތުހުމަތުކުރެއެވެ،

އެހެންވެ ޔައުގޫބު ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން މި ފަދަ ތަންތަން ރަނގަޅަށް އޯޑިޓް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. މީގެ ކުރިން މިފަދަ ތަންތަން ރަނގަޅަށް އޮޓިޓުނުކުރެވޭ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވިއެވެ،

އޯޑިޓް އޮފީހަށް އަންނަ އަހަރު 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ ބަޖެޓު ކުރިން ފާސް ކޮށްފައިވާ އިރު ކޮމިޓީން ނިންމީ އޯޑިޓް އޮފީސް ހިންގުމުގެ ހަރަދާއި އަދި ހަރުމުދާ ގަތުމަށް 60.3 މިލިއަން ރުފިޔާ އަދި އާ އޯޑިޓް އޮފީސް އެޅުމަށް ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓަށް 30 މިލިއަން ރުފިޔާއާއެކު ޖުމްލަ 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭށެވެ.

މާލިއްޔަތު ކޮމިޓީގެ ނިންމުން މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރީ 49 މެމްބަރުންގެ ވޯޓާއެކު އެވެ. ނުފެންނަަ ކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

އޯޑިޓް އޮފީހުން އެންމެ ފުރަތަަމަ އެދުނީ 118.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ފިނޭންސާއި މަޖިލީހާއެކު ކުރި މަޝްވަރާތަކަށް ފަހު އެ އަދަދު ކުޑަކޮށް މިއަދު ފާސްކުރި އަދަދަށް އޮޑިޓް އޮފީހުން ބަޖެޓް ހުށަހެޅި އެވެ.

އަންނަ އަަހަރަށް 90 މިލިއަން ރުފިޔާގެ ބެޖެޓެއް އޮޑިޓް އޮފީހަށް ދޭން ނިންމި އިރު މި އަހަރު އޯޑިޓް އޮފީހަށް ލިބުނީ 81 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް