ކަފާލާތުގެ ދަށުން އައްމަޓީ ދޫކޮށްލައިފި - ޖާމިނުު ކުރުވީ އެއްބަނޑު އެއްބަފާ ދެމީހުން

ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. އެ ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އައްމަޓީ ދޫކޮށްލުމ...

20 Oct 2021 | 10:32

ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު މޫސާ (އައްމަޓީ) ކަފާލާތުގެ ދަށުން ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

އެ ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އައްމަޓީ ދޫކޮށްލުމަށް އަމުރުކޮށްފައިވަނީ އޭނާގެ ދެ ކޮއްކޮ ކަމަށްވާ އަތީފާ މޫސާ އާއި މަރިޔަމް ނައީމާ ޖާމިނުވާ ގޮތަށެވެ.

އެ ދެ މީހުން ވެސްވަނީ މިއަދުގެ އަޑުއެހުމަށް ހާޒިރު ކޮށްފަ އެވެ. އަދި އައްމަޓީ ފިލައިގެން ނުދާނެ ކަމުގެ ޔަގީންކަން އެ ދެމީހުން ވެސް ވަނީ ދީފަ އެވެ.

ދައުވާ އުފުލައިފައިވާ ފަރާތުން ފިލައިފި ނަމަ، ޖާމިނުވީ ފަރާތްތަކަށް އެއްއަހަރު ދުވަހުގެ ޖަލު ހުކުމެއް ނުވަތަ ދެ އަހަރުގެ ގޭބަންދު ހުކުމެއް ނުވަތަ 15،000 ރުފިޔާ ޖޫރިމަނާގެ ހުކުމެއް އިއްވިދާނެކަން މިއަދުގެ އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ ވިދާޅުވެދެއްވާފަ އެވެ.

ކޮއްކޯއިން ޖާމިނުވެ އައްމަޓީ ބަންދުން ދޫކޮށްލި ނަމަވެސް، އޭނާގެ ޕާސްޕޯޓު އަދި އޮތީ ހިފަހައްޓައިފައި ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އައްމަޓީއަކީ ހުޅުމާލޭގައި 3،000 ފްލެޓް އަޅައިދޭނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން ބުކިންގ ފީގެ ގޮތުގައި ފައިސާ ނަގާފައިވާ މީހެކެވެ. އަދި އެ ފައިސާ އަނބުރާ ނުދީ އައްމަޓީ ފިލައިގެން އުޅެނިކޮށް އޭނާ ރާއްޖެ ގެނެސް 42 ދައުވާއެއް އުފުލައި ބަންދުކުރީ އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް