49 މެމްބަރުންގެ ވޯޓާއެކު އޮޑިޓް އޮފީހަށް އަންނަ އަހަރު 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ އެ ބަޖެޓު ކުރިން ފާސް ކޮށްފަ އެވެެ. ކޮމިޓީން ނިންމީ އޮޑިޓް އޮފީސް ހިންގުމުގެ ޚަރަދާއި ހަރުމުދާ ގަތުމަށް 60.3 މިލިއަން ރުފިޔާ އަދި އާ އޮޑިޓް އޮފީސް އެޅުމަށް ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓަށް 30 މިލިއަން ރުފިޔާއާއެކު ޖުމްލަ 90.3 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށެވެ.
އޮޑިޓް އޮފީހަށް މި ބަޖެޓު ދިނުމަށް ނުފެންނަަ ކަމަށް އެއްވެސް މެމްބަރަކު ވޯޓު ދެއްވާފައެއް ނުވެ އެެވެ.
އޮޑިޓް އޮފީހުން އެންމެ ފުރަތަަމަ އެދިފައިވަނީ 118.7 މިލިއަން ރުފިޔާގެ ބަޖެޓެއް ދިނުމަށްނަމަވެސް ފިނޭންސާއި މަޖިލީހާއެކު ކުރި މަޝްވަރާތަކަށް ފަހު އެ އަދަދު ވަނީ ކުޑަކޮށްފަ އެވެ.
މި އަހަރު އޮޑިޓް އޮފީހަށް ލިބުނީ 81 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް