އިސްލާމް މުދައްރިސުންނަށް އަމާޒުކޮށްގެން ވޯކްޝޮޕެއް ބާއްވައިފި - ނަމަކީ ތަހުޒީބީ އަޚްލާޤީ މުޖުތަމަޢު

އިސްލާމް މުދައްރިސުންނަށް އަމާޒު ކޮށްގެންް "ތަހުޒީބީ އަޚްލާޤީ މުޖުތަމަައަކަށް" މިނަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ވޯކްޝޮޕެއް ބާއްވައިފި އެވެ. އިސްލާމިކް މިނިސްޓްރީގެ ހޯލުގައި މިއަދު ...

20 Oct 2021 | 09:52

އިސްލާމް މުދައްރިސުންނަށް އަމާޒު ކޮށްގެންް "ތަހުޒީބީ އަޚްލާޤީ މުޖުތަމަައަކަށް" މިނަމުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒް އިން ވޯކްޝޮޕެއް ބާއްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ހޯލުގައި މިއަދު ހެނދުނު 08:30 އިން ފެށިގެން 18:00 އަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕްގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލާފައިވަނީ ޝަރީޢަތުގެ މަޤާސިދުތަކާއި އިސްލާމީ ދިރިއުޅުމުގެ މަންހަޖު މެދުމިން/ އިސްލާމްދީނާ މެދު އުފެދިފައިވާ ކުށްހީތަކަށެވެ. އަދި ދަރިން ތަރުބިއްޔަތު ކުރުމާއި ކުދިން ދެނެގަތުމާއި އިރުޝާދު ދިނުން މި މަޢުޟޫތަަކަށް ވެސް ވަނީ އަލިއަޅުވާލާފަ އެވެ.

މި ވޯކްޝޮޕްގެ މައިގަނޑު މަޤްސަދަކީ ތަހުޒީބީ އަޚްލާޤީ މުޖްތަމަޢައެއް ބިނާކުރުމުގައި އިސްލާމްދީނާއި މެދު އުފެދިފައިވާ ކުށްހީތަށް ފިލުވާލައި މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

އިސްލާމް މުދައްރިސުންނަށް އަމާޒު ކޮށް ބޭއްވި މި ވޯކްޝޮޕްގައި ރާއްޖޭގެ 74 ސުކޫލަކުން 143 މުދައްރިސުން ބައިވެރިވެފައި ވެއެވެ.

މި ވޯކްޝޮޕްގައި ކިޔަވައި ދެއްވާފައި ވަނީ އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާޙިމް، އައްޝައިޙް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް ހުސައިން އަބްދުﷲ ސައީދު އަދި ޑރ. ސައުދުﷲ ޢަލީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް