އިޓަލީގެ ޕްރައިމަރީ ސްކޫލް ޓީޗަރު މާސެލާ ޕޭސް އަކީ އަބަދުވެސް އެސްޓްރޮނޮމީއަށް ޝައުގުވެރިކަން ހުންނަ މީހެކެވެ.
މިކަމުގެ ސަބަބުން އެސްޓްރޮފޮޓޯގްރަފީގެ ރޮނގުން ކުރިއަށް ދިއުމަށް އެނާއަށް މަގުފަހިވެގެން ގޮސްފައިވާ އިރު، ފާއިތުވީ އަހަރުތަކުގައި ނާސާއިން އެސްޓްރޯފޮޓޯގްރަފީ ފޮޓޯއެއްގެ ގޮތުގައި އޭނާ ހޮވި ފައިވާ މަސައްކަތް ފެނި، އަހަރުގެ ޝަރަފުވެރި އެސްޓްރޮނޮމީ ފޮޓޯގްރާފަރުގެ އެވޯޑުގައި އޭނާ ވަނީ ޝޯޓްލިސްޓްވެފަ އެވެ.
ޚާއްސަކޮށް އެކި ރޭ މަތިން ނަގާފައިވާ 48 ކުލައިގެ ފުރިހަމަ ހަނދުތައް ފެންނަ ފޮޓޯއިން މާސެލާ ޕޭސްއަށް ވަނީ ތަންކޮޅެއް ބޮޑު ސަމާލުކަމެއް ލިބިފަ އެވެ. މި މަސައްކަތަކީ 10 އަހަރުގެ އަގުހުރި މަސައްކަތެކެވެ.
"ލޮކްޑައުންގެ ތެރޭގައި އަހަރެން ގޭގައި ތަންކޮޅެއް ގިނަ ވަގުތު ހޭދަކުރީ އެހެންވެ އަހަރެންގެ ދުވަސްވީ ފޮޓޯތައް މެދުވެރިކޮށް ފަހަތަށް ބަލާލަން ވަރަށް ގިނަ ވަގުތު ލިބުނު،" ޕޭސް މައި މޮޑާން މެޓް އަށް ކިޔައިދިނެވެ. "އަޅުގަނޑުގެ ފޮޓޯތައް ފަހަތަށް ބަލާލުމުން އަޅުގަނޑު ނިންމީ ޑިޖިޓަލް ކެމެރާއެއް ބޭނުންކުރަން ފެށި ފަހުން ފޮޓޯ ނެގި ހުރިހާ ފުލް މޫންތަކެއް ނަގަން. އަޅުގަނޑު އިޚްތިޔާރުކުރީ އެންމެ ކުލަގަދަ 48، ހަނދު"
އެހެންވެ، އެންމެ ފަހުގެ ކޮމްޕޮސިޓް ޑިސްޕްލޭތަކުން 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރި އިރު، ހަނދުގެ މިހާ ގިނަ ކުލަތައް ފޮޓޯ ނަގަން އަސްލު މާ ގިނަ ދުވަހެއް ނުނަގާކަންޕޭސް ފާހަގަ ކުރި އެވެ.
ހަޤީޤަތުގައި ވެސް ހަނދުވަރު ދޭ ދުވަސްވަރު ނަގާފައިވާ ފޮޓޯއެއްގައި ޖައްވުގެ ތަފާތު ފަށަލަތައް މައްޗަށް އަރައިގެންދާއިރު އޭގައި ނަގާ ހުރިހާ ތަފާތު ކުލައެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.
ޕޭސްގެ ގިނަ ފޮޓޯތަކަށް ތައުރީފު އޮހޭ އިރު، އެ ފޮޓޯ ވަނީ ނޮވެމްބަރު 2020 ގައި ނާސާއެސްޓްރޮނޮމީ ފޮޓޯ އޮފް ދަ ޑޭގެ ގޮތުގައި ހޮވިފައެވެ. އިންޓަނެޓްގެ ވަށައިގެން ބުރު ޖަހަމުން ދިޔަ އެވެ. ޕޭސް ބުނަނީ އެ ފޮޓޯގައި ދަގައްފާނު ބާރު ފަދަ ކޮންމެވެސް އެއްޗެއް އެބަހުރި ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ކޮންމެ ދުވަހަކު ވެސް އެ ފޮޓޯއަށް ތައުރީފު ލިބޭ ކަމަށެވެ.
"ހަގީގަތުގައި އަޅުގަނޑަށް ވަރަށް މުހިންމު ކަމެއް މި ފޮޓޯއިން މުޅި ދިރިއުޅުމުގެ ހުރިހާ ކަމަކަށް އިހުތިރާމް ކުރުމުގެ މެސެޖެއް ގެނެސްދޭކަން. އެކުވެރިކަމާއެކީގައި ދިރިއުޅެން އަޅުގަނޑުމެން ސަމާލުވާން އެބަޖެހޭ" ޕޭސް ބުނެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް