ކުރިއަށް އޮތް ތިން މަސް ތެރޭގައި ހިޔާ ފްލެޓް ސަރަހައްދުގައި ކްލިނިކެއް ހުޅުވަނީ

ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭގައި ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓްތައް ސަރަހައްދުގައި ލައިފް ސަޕޯޓުން ކްލިނިކެއް ހުޅުވަން ނިންމައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕައިތަން ޕްރައިވެޓާއި އ...

20 Oct 2021 | 08:07

ކުރިއަށް އޮތް ތިން މަސް ދުވަސް ތެރޭގައި ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓްތައް ސަރަހައްދުގައި ލައިފް ސަޕޯޓުން ކްލިނިކެއް ހުޅުވަން ނިންމައިފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވަނީ ޕައިތަން ޕްރައިވެޓާއި އެވެ. އެއްބަސްވުމުގައި ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނާއި އެ ކުންފުންޏާއި ދެމެދު ސޮއި ކުރީ އިއްޔެ އެވެ.

މިމަސައްކަތް ހަވާލު ކުރެވުނު ކުންފުނިން މީޑިއާއަށް މައުލޫމާތު ދޭ ގޮތުގައި މި  ކްލިނިކަކީ ހިޔާ ފްލެޓް 12 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި އިމާރަތް ކުރާ 2،200 އަކަފޫޓުގެ ކްލިނިކެކެވެ. މި ކްލިނިކުގައި ބަލިމީހުންގެ ޙިދުމަތުގައި 23 ޑޮކްޓަރުން ތިއްބަވާނެއެވެ.

އެޗްޑީސީން ބުނީ ދެ ކްލިނިކެއް އެ ސަރަހައްދުގައި ޤާއިމު ކުރަން ހަމަޖެހިފައިވެއެވެ.

ފޭސް ދޭއްގައި އިމާރަތް ކޮށްފައިވާ ފްލެޓް ތަކުގައި މީހުން ދިރިއުޅެން ފަށާފައިވާއިރު ކޮންމެހެން ބޭނުންޖެހޭނޭ ޙިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ހައުސިން ޑެވޮޮލޮޕްމަންޓް ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.

މީގެ އިތުރުން އެ ސަރަހައްދު ސާފު ކޮށް ބޭއްވުމާއި، ސުޕަމާކެޓް ގްރޮސަރީ ސްޓޯރ ފަދަ ތަންތަން މި ތިން މަސް ދުވަހުގެ ތެރޭގައި ހުޅުވިގެން ދާނޭ ކަމަށް ހައުސިންގެ ޑެވޮލޮޕްމެންޓް ކޯޕަރޭޝަނުން މަޢުލޫމާތު ދެއްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް