މާފުށިގައި ހުރި ކުޑަކުދިންގެ ޖަލުގައި ތިބި ކުދިން ރައްކާތެރި މާހައުލަކަށް ބަދަލު ކުރުމަށް އެޗްއާރްސީއެމް އިން އަންގައިފި

ކ. މާފުށިގައި ހުރި ކުޑަކުދިންގެ ޖަލުގައި ތިބި ކުދިން ރައްކާތެރި މާހައުލަކަށް ބަދަލު ކުރުމަށް އެޗްއއާރްސީއެމް އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް އަންގައިފި އެވެ. އެޗްއާރުސީއެމުން މިގޮތަށް އެންގީ...

20 Oct 2021 | 07:40

ކ. މާފުށިގައި ހުރި ކުޑަކުދިންގެ ޖަލުގައި ތިބި ކުދިން ރައްކާތެރި މާހައުލަކަށް ބަދަލު ކުރުމަށް އެޗްއއާރްސީއެމް އިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަށް އަންގައިފި އެވެ.

އެޗްއާރުސީއެމުން މިގޮތަށް އެންގީ އައްސޭރި ޖަލަށް ޒިޔާރަތްކޮށް އެ ތަނުގެ ހާލަތު ބެލުމަށް ފަހު ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އެ ޖަލުގައި ކުޑަކުދިންގެ ޚާއްސަ ޖަލަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާއި ކުޑަކުދިންގެ އަދުލުގެ ގާނޫނާއި ބޭރުގެ މުއާހަދާތަކުގައި ބަޔާންކޮށްފައިވާ ހައްގުތަކާއި ރައްކާތެރިކަން އެ ކުދިންނަށް ލިބިދޭ ތަނެއް ނޫން ކަމަށެވެ.

އެތަނަކީ ދަ ނެލްސަން މަންޑޭލާ ރޫލްސްއަށް ރިއާޔަތްކުރާ އިރުވެސް މިނިވަންކަން ގެއްލޭ ގޮތަށް ބަންދުގައި މީހުން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް ވެސް އެ ކޮމިޝަންގެ ބަޔާނުގައި ބުނެފައި ވެއެވެ.

"ކުޑަކުދިންގެ ޖަލުގެ މަސައްކަތްތައް ކުރިއަށް އޮތް ތިން މަހުގެ ތެރޭގައި ނިމޭނެ ކަމަށް ކަރެކްޝަނަލް ސަރވިސް އިން މައުލޫމާތު ދިން ނަމަވެސް މިދިޔަ މަހުގެ 16 ގައި އެ ޖަލަށް ދެ ވަނަ ފަހަރަށް ޒިޔާރަތް ކުރިއިރުވެސް ކުޑަކުދިންގެ ޖަލުގެ މަސައްކަތް ނުނިމޭ. އެހެންކަމުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އައްސޭރި ޖަލުގައި ތިބި ކުޑަކުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް ވާނީ އަންގާފަ." އެޗްއާރްސްސީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެ ތާރީޚުން ފެށިގެން އެއްވެސް މައްސަލައަކާ ގުޅިގެން ހިންމަފުށީ ކުޑަކުދިންގެ ޖަލުގައި ކުޑަކުދިން ބަންދު ނުކުރުމަށް ކަރެކްޝަނަލް ސަރވިސްއަށް ގާނޫނީ އެންގުމެއް އަންގާފައިވާ ކަމަށް ވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ އައްސޭރި ޖަލުގައި ތިބި ކުޑަކުުދިން ރައްކާތެރި މާހައުލަކަށް ބަދަލުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކަނޑައަޅާ ޕްލޭނެއް އޮކްޓޯބަރު 24 ގެ ކުރިން އެ ކޮމިޝަނަށް ފޮނުވުމަށް ވެސް އަންގާފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް