ހައެއް މޭގެ ހަމަލާ ރޭވުމުގައި އިސްކޮށް ހުރި ތަސްލީމާއި އިތުރު މީހަކަށް ދައުވާ އުފުލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން އިުރު ދެ މީހަކަށް ދައުވާ އުފުލައިފި އެވެ. އެމަނިކުފާނަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިނީ ގެއިން ނުކުމެވަޑައ...

20 Oct 2021 | 07:18

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން އިުރު ދެ މީހަކަށް ދައުވާ އުފުލައިފި އެވެ.

އެމަނިކުފާނަށް އަމާޒުކޮށް ބޮމުގެ ހަމަލާ ދިނީ ގެއިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރަނިކޮށް ނީލޯފަރު މަގާއި މަޖީދީ މަގު ގުޅޭ ކަންމަތިން މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެވެ.

ލިބުނު ޒަހަމްތަކަށް ރައީސް ނަޝީދު ވަނީ އޭޑީކޭ ހޮސްޕިޓަލާއި ޖަރުމަނު އަދި އިނގިރޭސިވިލާތުން ފަރުވާ ހޯއްދަވާފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އެ މައްސަލައިގަ އިއްޔެ ދެމީހަކަށް ދައުވާ އުފުލާފައިވާ ކަމަށެވެ. އެއީ އ. މޮޅަދޫ، ބަހާރުގެ، ޢަބްދުﷲ ޢަލީމަނިކާއި، ހއ. ހޯރަފުށި، އަލަނާސިގެ، މުޙައްމަދު ތަސްލީމްގެ މައްޗަށް ކަމަށް ވިދާޅުވި އެވެ.

އެ ދެ މީހުންގެ މައްޗަށް ދައުވާކުރީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އެވެ.

މީގެ ތެރެއިން ތަސްލީމް އަކީ އެ ހަމަލާ ދިނުމަށް ރޭވުމުގައި އިސްކޮށް ހުރި މީހާ ކަމަށް މީގެ ކުރިން ފުލުހުން ހާމަކުރި އެވެ.

ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މީގެ ކުރިން ހަތް މީހެއްގެ މައްޗަށް ދައުވާކޮށް، އެ މީހުންގެ ޝަރީއަތް ވަނީ ފަށައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް